މޭގަންގެ ބަޔޮގްރަފީއެއްގެ މައްސަލަގައި ހުކުމް ކުރީ ނޫހާ އެއްކޮޅަށް

ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކަލް --- ފޮޓޯ/ ރޮއިޓާސް

ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލްއާ ގުޅޭގޮތުން ބޭރުގެ ނޫހަކުން ޝާއިއުކުރި ބަޔޮގްރަފީއެއްގެ މައްސަލައެއްގައި ދެކަނބަލުން ކޯޓަށް ހުށަހެޅި މައްސަލަ ނޫހާ އެއްކޮޅަށް ނިމިއްޖެ އެވެ.

މޭގަން 2018 ވަނަ އަހަރުގައި ވަނީ އޭނާގެ ބައްޕަ ތޯމަސް މާކަލް އަށް ސިޓީތަކެއް ލިޔުއްވާފަ އެވެ. އެސޯސިއޭޓް ނިއުސްޕޭޕާސް އިން އެ ސިޓީތައް ބޭނުންކުރި މައްސަލައިގައި މޭގަން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާފަ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ކުރީން އެސޯސިއޭޓެޑް ނިއުސްޕޭޕާސް އިން ވަނީ އެ ފަރާތްތަކުންގެ ކޭސް އަށް ބަދަލުތަކެއް ގެންނަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެ ނިންމުން ކޯޓުން ވަނީ ބަލައިގަނެފަ އެވެ.

އެ ނޫހުގެ ވަކީލުން ބުނާގޮތުގައި އެ ސިޓީތައް ބަޔޮގްރަފީއަށް ހެދުމުގެ ހުއްދަ ދެއްވީ ޕްރިންސް ހެރީ އާއި މޭގަން އެވެ. އަދި އެގޮތަށް ހުއްދަ ދެއްވީ މޭގަން "ޕޮޒިޓިވް"ކޮށް މީޑިއާތަކުގައި ދައްކަން ބޭނުންވާ ކަމަށް އެ ފަރާތްތަކުން ބޭނުންވާތީ ކަމަށް ވަކީލުން ބުނެފައިވެ އެވެ.

އެ ބަޔޮގްރަފީ ލިޔެފައިވާގޮތުން ސިފަ ވަނީ މޭގަން އާއި ހެރީގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ތައްޔާރުކޮށްފައިވާ އެއްޗެއްގެ ގޮތުގައި ކަމަށް ބައެއް ފަރާތްތަކުން ސިފަ ކުރެ އެވެ. އެހެން ނަމަވެސް އޭގައި ހިމެނޭ ބައެއް މައުލޫމާތުތަކަކީ މޭގަން އާއި ހެރީގެ ފަރާތްތަކުން ލިބިފައިވާ މައުލޫމާތު ނޫން ކަމަށް މޭގަންގެ ވަކީލުންގެ ފަރާތުން ބުނެ އެވެ.

އަދި މޭގަންގެ ވަކީލު ބުނެފައިވަނީ އެ ފަދަ މައްސަލަތައް ހުރުމުން ނޫހުން ހުށަހެޅި މައްސަލައަށް އެއްވެސް ބަދަލެއް ގެނައުމަށް ހުއްދަ ލިބިގެން ނުވާނެ ކަމަށެވެ.

comment ކޮމެންޓް