1،427 ސާމްޕަލް އިން މިއަދު ޕޮޒިޓިވްވީ 37 މީހުން

މާލޭ މަގުމަތި: މިއަދު ކޮވިޑަށް ޕޮޒިޓްވީ 37 މީހުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން ނެގި 1،427 ސާމްޕަލް އިން މިއަދު ކޮވީޑަށް ޕޮޒިޓިވްވި 37 މީހުން ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު، 22 ކޭސްގެ މަދުވުމެކެވެ. އިއްޔެ ރާއްޖެއިން ނެގި 15،83 ސާމްޕަލް އިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 59 އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 31 ދިވެހިންނާއި ހަ ބިދޭސީން އެވެ.

މާލެ ސަރަހައްދުން 34 މީހަކު ޕޮޒިޓިވްވިއިރު، އަތޮޅު ތެރެއިން ޕޮޒިޓިވްވީ ތިން މީހެކެވެ

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 10،194 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 87 އެވެ. ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 9،037 އެވެ.

ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 1،116 އެވެ. އޭގެ ތެރެއިން 80 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކުރެވިފައިވަނީ 556 މީހުންނެވެ.

މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދަކީ، 34 އެވެ.

comment ކޮމެންޓް