އިންޑިއާގައި މުލާން ރިލީޒްކުރާނީ ޑިސެމްބަރުގައި

މުލާން--

ޑިޒްނީގެ ކާޓޫން މުލާންގެ ލައިވް އެކްޝަން ފިލްމު ޑިޒްނީގެ ސްޓްރީމިން ސާވިސް "ޑިޒްނީ ޕްލަސް"ގައި ރިލީޒްކުރިނަމަވެސް އެ ފިލްމު އިންޑިއާގައި ރިލީޒްކުރާނީ ޑިސެމްބަރު މަހު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޚަބަރުތައް ބުނާ ގޮތުގައި މުލާން ރިލީޒްކުރާނީ އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާގަ އެވެ. ޑިޒްނީ ޕްލަސް ހޮޓްސްޓާގެ ސަބްސްކްރައިބަރުންނަށް އިތުރު ފީއަކާ ނުލައި މުލާން ބެލޭނެ އެވެ.

މިހާރު މުލާން ބެލޭނީ ފީއެއް ދައްކާގެންނެވެ. ޑިޒްނީ އިން ބުނީ އެ ފިލްމު ޑިޒްނީ ޕްލަސް މެދުވެރިކޮށް ގަންނަން ލިބޭނެ ކަމަށާއި އެ ފިލްމު ގަންނަން ލިބޭނެ އަގަކީ 29.99 ޑޮލަރަށް ކަމަށެވެ. އަދި ޑިސެމްބަރު މަހުން ފެށިގެން ސަަބްސްކްރިޕްޝަން ފީގެ އިތުރުން އިތުރު ފީއަކާ ނުލާ މުލާން އެ ޕްލެޓްފޯމުން ބެލޭނެ ކަމަށެވެ.

އެމެރިކާގެ ބަތަލާ ލިއު ޔިފީ މުލާންގެ ރޯލުން ފެންނައިރު މުލާން ކާޓޫން ފެނިގެންދިޔައީ 1998 ވަނަ އަހަރު އެވެ. "މުލާން"ގެ އެނިމޭޓެޑް ފިލްމު ބޮކްސް އޮފީހުގައި ވަނީ 304.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ.

comment ކޮމެންޓް