ހިތުގެ ބަލިތަކާ ގުޅޭގޮތުން އުފެދޭ ސުވާލުތަކަށް ޓްރީ ޓޮޕްގެ ކާޑިއޮލޮޖިސްޓެއްގެ ޖަވާބުތައް

ދުނިޔޭގެ ހިތުގެ ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ ސެޕްޓެމްބަރު 29ވަނަ ދުވަހުގަ އެވެ. ހިތުގެ ދުވަސް ފާހަގަކުރަމުންދާއިރު، ކާޑިއޯވަސްކިއުލާ ޑިޒީސް (ހިތުގެ ބަލި)ތަކާ ގުޅޭ އާންމު މައުލޫމާތު ކޮންމެ މީހަކަށް ވެސް އެނގެންޖެހެ އެވެ.

މި އާޓިކަލްގައި މި ގެނެސްދެނީ ހިތުގެ ބަލިތަކާ ގުޅޭގޮތުން އާންމުކޮށް އުފެދޭ ސުވާލުތަކަށް ޖަވާބުދެއްވުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓެންޓް ކާޑިއޮލޮޖިސްޓް، އިންޓަވެންޝަލް ޑރ. އަމިތު އަގަރްވާލް ދެއްވާފައިވާ އިންޓަވިއުއެކެވެ.

1. ހިތް ދުޅަހެޔޮކޮށް ދަމަހައްޓަން ހުރިހާ އުމުރުފުރާތަކުގެ އަންހެނުންނާއި ފިރިހެނުންނަށް ކުރެވޭނީ ކޮން ކަމެއް؟

  • ކަސްރަތު ކުރުން
  • ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުން/ ހުއްޓާލުން
  • ދުޅަހެޔޮ ޑައިޓެއް ގެންގުޅުން
  • ބްލަޑް ޕްރެޝާއާއި ބްލަޑް ގްލޫކޯސް އަދި ކޮލެސްޓްރޯލް ބަލައި ކޮންޓްރޯލް ކުރުން.

2. މި ކޮވިޑް-19ގައި ކުޅިވަރު ކުޅުމާއި ހަރަކާތްތެރިވެ އުޅުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފައި. މި ދުވަސްވަރު ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ؟

ކުޅިވަރުގެ ބަދަލުގައި ކުރެވިދާނެ ބައިވަރު ކަންކަން އެބަހުރި. މިސާލަކަށް ޔޯގާ، ޓްރެޑްމިލްގައި ދުވުން/ހިނގުން، ގޭގެ ޓެރަހު ގައި ހިނގުން އަދި ބެޑްމިންޓަން ފަދަ ކުޅިވަރު ކުޅެވިދާނެ އެބެ. އަދި ގޭތެރޭގައި ކަސްރަތު ވެސް ކުރެވިދާނެ އެވެ.

3. ހިތުގެ މައްސަލަތަކާ ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލަށް ދައްކާ މީހުންގެ ތެރެއިން އާންމުކޮށް ފާހަގަވާ މައްސަލަތަކަކީ ކޮބައިތޯ؟

އޯޕީޑީ ކޭސްތަކުގެ ތެރެއިން އެންމެ ގިނައިން ފާހަގަވަނީ ކޮލެސްޓްރޯލް އަދި ލޭ މައްޗަށް ދިޔުން ފަދަ މައްސަލަތައް. އައިޕީޑީ ކޭސްތަކުގައި އެބަހުރި ކޮންޖެސްޓިވް ހާޓް ފެއިލިއާ އާއި އެކިއުޓް ކޮރޯނަރީ ސިންޑްރޯމް ފަދަ ހިތުގެ ބަލިތައް.

4. ހިތުގެ ބައްޔެއް ހުރިކަން ދެނެގަންނާނީ ކިހިނެއް އަދި ކޮބައިތޯ އާންމުކޮށް ފެންނަ އަލާމާތްތަކަކީ؟

އާންމުކޮށް ފެންނަ ހިތުގެ ބަލިތަކާ ގުޅޭ އަލާމާތްތަކަކީ މޭ ގައި ރިއްސުމާއި ނޭވާ ކުރުވުމާއި ވަރުބަލިވުން އަދި ޕަލްޕިޓޭޝަން (ބާރަށް ހިތް ތެޅުން، ހިތް އަވަސްވުން). ހޭނެތުން، ބޮލަށް އެނބުރުން އެރުން އަދި ފައި ދުޅަވުމަކީ ވެސް ބައެއް ފަހަރު ފެންނަ އަލާމާތްތައް.

5. ހިތުގެ ޗެކްއަޕްއެއް ހަދަން ބޭނުންވާ ފަރާތްތަކަށް ޓްރީ ޓޮޕް ހޮސްޕިޓަލުގައި ހުރި ޕެކޭޖުތަކަކީ ކޮބައިތޯ؟

ޓްރީ ޓޮޕް ހޮސްޕިޓަލުން ކާޑިއެކް ހެލްތު ޕެކޭޖުގެ ދެ ސްކީމެއްގެ ހިދުމަތް ލިބޭނެ. ފުރަތަމަ ޕެކޭޖަކީ އުމުރުން 30އަހަރާއި 60 އަހަރާ ދެމެދުގެ ބޭފުޅުންނަށް ހާއްސަ 'ހެލްތީ ހާޓް ޕެކޭޖު' ސްކީމް. އަދި ދެވަނަ ސްކީމަކީ 60 އަހަރުން މަތީގެ ބޭފުޅުންނަށް ހާއްސަ 'ސްޓްރޯންގް ހާޓް ޕެކޭޖު'.

އަޅުގަނޑުމެން ވަރަށް ފަހުން މި ޕެކޭޖުތަކުގެ އަގުހެޔު ކުރުމުގެ އިތުރުން މި ޕެކޭޖު ނަންގަވާއިރު ޖެނެރަލް ހެލްތު ސްކްރީނިން އަދި ބައެއް ކާޑިއެކް ޓެސްޓުތައް ވެސް ހެދޭނެ ފުރުސަތު ވަނީ ހުޅުވާލާފައި.

6. ހިތުގެ ބަލިތައް ދެނެގަތުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ހާއްސަ ހިދުމަތްތަކަކީ ކޮބައިތޯ؟

ހިތުގެ ބަލިތައް ދެނެގަތުމަށްޓަކައި ދޭން ޖެހޭ ހުރިހާ ހިދުމަތެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ލިބޭނެ. މީގެ ތެރޭގައި ހިމެނެނީ އިންވޭސިވް އަދި ނޮން އިންވޭސިވް ހިދުމަތްތައް.

ނޮން އިންވޭސިވް ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އީސީޖީ، އެކޯކާޑިއޮގްރަފީ، ޓްރެޑް މިލް ޓެސްޓު އަދި ހޮލްޓާ އެންޑް އެމްބިއުލޭޓަރީ ބީޕީ މޮނީޓަރިން.

އިންވޭސިވް ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ކޮރޯނަރީ އެންޖިއަގްރާމް، ކޮރޯނަރީ އެންޖިއަޕްލާސްޓީ، ޕޭސްމޭގެ ހިދުމަތް، އައިސީޑީ، ޕެރިފެރަލް އެންޖިއަގްރާމް އަދި ޕެރިފެރަލް އެންޖިއަޕްލާސްޓީ.

7. ހިތުގެ މައްސަލަ ހުންނަ ފަރާތްތަކުން މި ޕެންޑެމިކްގައި އަމަލުތައް ބަހައްޓަން އެންމެ ރަނގަޅު ގޮތްތަކަކީ ކޮބައިތޯ؟

ހިތުގެ މައްސަލަތައް ހުންނަ މީހުންނަށް ކޮވިޑްގެ ނުރައްކާ ބޮޑު ފަރާތްތަކަށް ވުމާއެކު ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ. އެހެންވީމާ މީހުން ގިނަ ތަންތަނަށް ނުދިއުމާއި ބޭރަށް ގޮސް ކަސްރަތު ކުރުމުގެ ބަދަލުގައި ގޭގައި ތިބެ ކަސްރަތު ކުރުމާއި ވީހާވެސް ގިނައިން މާސްކު އަޅައި، އަތްތިލަ ސާފުތާހިރުކޮށް ބަހައްޓަން ވާނެ.

ކޮންމެހެން ދާން ޖެހިގެން ނޫނީ ހޮސްޕިޓަލްތަކަށް ޒިޔާރަތް ނުކުރުމަކީ ވެސް މުހިންމު ކަމެއް. ޑޮކްޓަރަށް ދެއްކުމަށް ޓެލެމެޑިސިންގެ ހިދުމަތް ލިބިލައްވާނެ އަދި ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ކަމާބެހޭ ފަރާތްތަކަށް އަންގަންވާނެ.

މި އިންޓަވިއުގެ މައިގަނޑު މަގްސަދަކީ ހިތުގެ ބަލިތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދައިދީ، ހިތުގެ ބަލިތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރަކަށް ދައްކަން ނުވަތަ ކާޑިއެކް ހެލްތު ޕެކޭޖުތަކާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް 3351610 އަށް ގުޅުމުން އެ މައުލޫމާތު ލިބިލައްވާނެއެވެ.

comment ކޮމެންޓް