ޑާކްރެއިން ޝޯޓްސް: ދައުވަތު ދައްކާނީ އަންނަ މަހު

ޑާކްރެއިން ޝޯޓްސް އިން ގެނެސްދޭ ފުރަތަމަ ކުރު ފލްމު ދައުވަތު އަންނަ މަހުގައި---

ޑާކްރެއިން ސްޓޫޑިއޯ އިން ބެލުންތެރިންނަށް ހާއްސަކޮށްގެން ޔޫޓިއުބް މެދުވެރިކޮށް ނެރޭ ކުރުފިލްމު "ދައުވަތު" ދައްކާ ތާރީޚު އިއުލާންކޮށްފި އެވެ.

ރާއްޖޭގެ އެންމެ ވަރުގަދަަ، އެންމެ މަޤްްބޫލު ޕްރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓަޓެއިންމެންޓުން ގެނެސްދޭ ދައުވަތު ޔޫޓިއުބްގައި ރިލީޒްކުރާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ. ޑާކްރެއިންގެ ސަޕޯޓަރުންނަށްޓަކައި އެ ޓީމުން ތައްޔާރުކޮށްގެން ގެނެސްދޭ ޑާކްރެއިން "ޝޯޓްސް"ގައި ހިމެނޭ ހާއްސަ ސެގްމެންޓުގެ ދަށުން ޑާކްރެއިންގެ ޔޫޓީއުބް މެދުވެރިކޮށް ފޭނުންނަށް ތަފާތު އެކި އާޓިސްޓުންގެ ކުރުފިލްމު ފަދަ ކޮންޓެންޓް ބަލައިލެވޭނެ އެވެ.

އަހްމަދު ސުނީ އާއި މަރިޔަމް ޝިފާ ފެނިގެންދާ އެ ފިލްމުގެ ޕޯސްޓަރު ވެސް ވަނީ ޑާކްރެއިން އިން އާންމުކޮށްފަ އެވެ. ދައުވަތު އަކީ ތްރިލާއެކެވެ. އެ ފިލްމުގައި ތަފާތު އެކި ކަހަލަ ޓްވިސްޓްތައް ހުންނާނެ އެވެ. މި ފިލްމު ޔޫޓިއުބަށް ލުމުން އެއްވެސް ފީއަކާ ނުލައި އެންމެންނަށްވެސް ބަލާލެވޭނެ އެވެ.

comment ކޮމެންޓް