ބަތަލާ މޯނީ އާއި މަންދިރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ

ބަތަލާ މޯނީ އާއި މަންދިރާ---

ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ މޯނީ ރޯއީ އާއި މަންދިރާ ބޭދީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

ދެތަރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ ބ. އަތޮޅު ސޮނެވާފުށި ރިސޯޓްގަ އެވެ. އެ ރިސޯޓުގައި ދެތަރިން ނަގާފައިވާ ވީޑިއޯތަކާއި ފޮޓޯޓައް ދެތަރިންގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައިވާއިރު މޯނީ އާއި މަންދިރާ އަކީ މީގެ ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރި ދެ ފަންނާނުންނެވެ.

ބަތަލާ މޯނީ ވަނީ މިއަހަރު ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. ޓީވީ ސީރިއަލްތަކުން ބޮޑު މަޝްހޫރުކަމެއް ހޯދި މޯނީ ބޮލީވުޑަށް ތައާރަފްވީ އަކްޝޭ ކުމާރު އާއެކު "ގޯލްޑް" އިންނެވެ.

މަންދިރާ އަކީ ސަޕޯޓިން ރޯލްތަކުން ފެނިގެންދާ ތަރިއެކެވެ. އޭނާ ބޮލީވުޑަށް ތައާރަފްވީ 1995ގައި ނުކުތް މަޝްހޫރު ފިލްމު"ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" އިން ޝާހްރުކްޚާން އާއި ކާޖޮލް އާއެކު އެވެ.

comment ކޮމެންޓް