ޝާހިދު އާއި މުރުނާލްގެ "ޖާޒީ"ގެ ޝޫޓިން އަންނަ މަހު

ޝާހިދު އާއި މުރުނާލް--

ކަބީރު ސިންހްގެ ކާމިޔާބަށް ފަހު ބޮލީވުޑްގެ ކުޅަދާނަ ތަރި ޝާހިދު ކަޕޫރުގެ "ޖާޒީ"ގެ ޝޫޓިން ކުރިއަށް ދަނިކޮށް ކޮވިޑްގެ ބަލިމަޑުކަމާކުރިމަތިވެގެން ޝޫޓިން ހުއްޓާލާފައި އޮތުމަށް ފަހު އަލުން ފިލްމުގެ ޝޫޓިން ފަށަން ނިންމައިފި އެވެ.

ފިލްމުގެ ޝޫޓިން އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާއިރު އެ ފިލްމުގެ ޝޫޓިން ކުރިއަށްދާނީ 15 ދުވަހުގެ މުއްދަތަކަށެވެ. ކޮވިޑްއާ ގުޅިގެން އިންޑިއާ ލޮކްޑައުން ކުރިއިރު ފިލްމުގެ ޝޫޓިންގެ ބޮޑުބައެއް އޮތީ ނިންމާލާފައެވެ. ދެހަރާދުން އަދި ޗަންދީގަރުގައި ޖާޒީގެ މަންޒަރުތައް ނަގާއިރު މި ފިލްމަކީ ޖާޒީގެ އަސްލު ފިލްމު ޑައިރެކްޓްކުރި ގޯތަމް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ޖާޒީ އަކީ ތެލެގޫ ފިލްމެއްގެ ރީމޭކެކެވެ.

ޖާޒީ އަކީ ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމުގެ ތެލުގޫ ވާޝަނަށް ވަނީ ބޮޑު ތަރުހީބެއް ލިބިފަ އެވެ. ފިލްމު އަޅުވާނީ އަންނަ އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ.

comment ކޮމެންޓް