ހޯރަފުއްޓާއި ކުޅުދުއްފުށި އެއާޕޯޓުގައި ރެސްޓޯރެންޓު އަޅައި ހިންގާނެ ބަޔަކު ހޯދަނީ

ހޯރަފުށީ އެއާޕޯޓު -- ފޮޓޯ: އެމްޓީސީސީ

ހދ. ކުޅުދުއްފުއްޓާއި ހއ. ހޯރަފުށީ އެއާޕޯޓުގައި ރެސްޓޯރެންޓު އަޅައި އެތަން ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

ރީޖަނަލް އެއާޕޯޓްސް އިން ކުރި އިއުލާނެއްގައި ބުނީ ބިލްޑް އެންޑް އޮޕަރޭޓް އުސޫލުން މި ދެ އެއާޕޯޓުގައި އެއްފަހަރާ 50 މީހުންނަށް ހިދުމަތްދެވޭ ވަރުގެ ރެސްޓޯރެންޓު ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ އަށްވަނަ ދުވަހުގެ 13:00 އަށް ރީޖަނަލް އެއާޕޯޓްސް އަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު، އޮކްޓޯބަރު 20 ވަނަ ދުވަހު ޕްރޮޕޯޒަލް ހުށަހެޅުމަށް އިއުލާނުގައި ވެއެވެ.

ކުޅުދުއްފުށީ އެއާޕޯޓު ހުޅުވައި އޮޕަރޭޓު ކުރަން ފަށާފައިވަނީ 2018 ވަނަ އަހަރުއެވެ. ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އެއާޕޯޓުގެ މަސައްކަތް ކުރަނީ އެމްޓީސީސީ އިންނެވެ.

comment ކޮމެންޓް