"ގޭމް އޮފް ތްރޯންސް"ގެ ތަރި ރޯޒް އަށް ދަރިއަކު ލިބެނީ

ގޭމް އޮފް ތްރޯންސްގެ ދެތަރިން---

އެޗްބީއޯގެ މަގްބޫލް ސީރީސް "ގޭމް އޮފް ތްރޯންސް"ގައި ހަރަކާތްތެރިވި ދެ ތަރިން ކަމަށްވާ ކިޓް ހެރިންގްޓަން، 33، އާއި ރޯޒް ލެސްލީ، 33، އަށް ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފި އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ކައިވެނިކުރި ދެތަރިންނަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން ޔޫކޭގެ މޭކް މެގަޒިންގެ ފެޝަން އެޑިޓަރު އުރްސަލާ ލޭކް އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ. ރޯޒްގެ ބަނޑު ކުޑަކޮށް ބޮޑުވެފައިވާ ތަން އެ ފޮޓޯއިން ފެނިގެންދިޔައިރު ފޮޓޯގެ ކެޕްޝަނުގައި ބުނީ ރޯޒް އަލަށް މަންމައަކަށް ވަނީ ކަމަށެވެ.

އެ ދެތަރިން އެންމެ ފުރަތަމަ ދިމާވީ ވެސް ގޭމް އޮފް ތްރޯންސްގެ ސެޓުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ ތަރިން އެންގޭޖްކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.

comment ކޮމެންޓް