މޯނީ އާއި މަންދިރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ

މޯނީ ރޯއި މީގެކުރީން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަން އުޅުނު ނެގި ފޮޓޯއެއް --- ފޮޓޯ : މޯނީ ރޯއި

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ މޯނީ ރޯއި އާއި މަންދިރާ ބޭދީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ މަޝްހޫރު ފަންނާނުން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުންނެވެ.

އެގޮތުން މޯނީ ރާއްޖެ އައިސްފައިވަނީ މީގެ ދެ ދުވަސް ކުރީންނެވެ. ރާއްޖެ އައިސް އޭނާގެ ދަތުރުގެ މަންޒަރުތައް މޯނީ ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

މޯނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދަނީ ސޮނެވާފުށީގައެވެ. އޭނާ ބުނިގޮތުގައި އޭނާއަށް ރާއްޖެ ވަރަށް ބޮޑަށް ކަމުދެއެވެ. އަދި ރާއްޖޭގެ ރީތިކަމަށް ލޯބި ޖެހިފައިވާ ކަމަށް މޯނީ ބުނެއެވެ.

މަންދިރާ ރާއްޖެ އައިސްފައިވަނީ މީގެ ތިން ދުވަސްކުރީންނެވެ.

މަންދިރާ ބުނިގޮތުގައި ރާެއްޖެއަށް އައިސްފައިވަނީ 15 ގަޑިއިރުގެ ދިގު ދަތުރަކަށް ފަހުގައި ކަމަށެވެ. އެހެންނަމަވެސް ދަތުރު ކިތައްމެ ދިގު ނަމަވެސް ހެޔޮ ކަމަށާއި ރާއްޖެ އާދެވުމުން ވަރަށް އުފާ ކުރާ ކަމަށް އޭނާ ބުންޏެވެ.

މަންދިރާވެސް ޗުއްޓީ ހޭދަކުރަމުންދަނީ ސޮނެވާފުށީގައެވެ.

މަންދިރާ ބޭދީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ --- ފޮޓޯ : މަންދިރާ ބޭދީ

ދެމީހުން ސޮނެވާފުށީގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ނަމަވެސް ދެމީހުން ބައްދަލުވެފައިވާ ކަމެއް ނުވަތަ އެކީގައި ވަގުތު ހޭދަކޮށްފައިވާ ކަމެއް ސޯޝަލް މީޑިއާއިން އެނގޭކަށް ނެތެވެ.

މޯނީ އަކީ އާންމުކޮށް ރާއްޖެއަށް ޗުއްޓީ ހޭދަކުުރުމަށް އަންނަ ފަންނާނެކެވެ. އެގޮތުން އޭނާގެ އުފަންދުވަހާ ގާތްކޮށް ކޮންމެ އަހަރަކުވެސް މޯނީ ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އާދެއެވެ. މަންދިރާ އެންމެ ފަހުން ރާއްޖެ އައިފައިވަނީ މީގެ ހަތަރު އަހަރު ކުރީންނެވެ. އެ ދަތުރުގައި މަންދިރާގެ އާއިލާވެސް ރާއްޖެ އައިސްފައިވެއެވެ.

comment ކޮމެންޓް