100 އެމްބީޕީއެސްއާ ހަމައަށް އުރީދޫ ސުޕަނެޓްގެ ހިދުމަތް މަނަދުއަށް ތައާރަފުކޮށްފި

ހަލުވި ސްޕީޑްތަކާއި އެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނ. މަނަދޫއަށް ތައާރަފްކޮށްފި އެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ މަނަދޫ ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށްދެވުމަކީ އެ ރަށު ރައްޔިތުންނަށް އިތުރު ފުރިހަމަކަމަކާއެކު އިންޓަނެޓް ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ ކަމެއް ކަމަށެވެ.

ހަމައެއާ އެކު މިހާރު 100 އެމްބީޕީއެސްއާ ހަމައަށް މަނަދޫގައި ސުޕަނެޓްގެ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އުރީދޫއިން އަބަދު ވެސް މަސައްކަތްކުރަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި މީހުންނާއި ވިޔަފާރިވެރިންނަށް ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އެންމެ މުހިންމު ކަމެއް ކަމުގައި ދެކިގެން. އެގޮތުގެ މަތިން 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް މަނަދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ، އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ނިޔާޒު ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން." އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވި އެވެ.

މިފަހުން އުރީދޫއިން ވަނީ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެ އެވެ.

ސުޕަނެޓްގެ ހިދުމަތް ހޯދުމަށް ނުވަތަ ސުޕަނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް