އަރަބި ގައުމުތަކުން އިސްރާއިލާ ގުޅުން ގާއިމްކުރުމަކީ ދާއިމީ ސުލްހައަށް އަށް ކުރިމަތިވި ހުރަހެއް: މަހުމޫދު

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ----

ޔޫއޭއީ އަދި ބަހްރެއިން އިން އިސްރާއުލާ ގުޅުން ގާއިމްކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން ދާއިމީ ސުލްހައެއް ހޯދުމަށްް ކުރިމަތިވި ހުރަހެއް ކަމަށް ފަލަސްތީނު އޮތޯރިޓީގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.

އދ.ގެ 75 ވަނަ ޖެނަރަލް އެސެމްބްލީގައި ވާޗުއަލްކޮށް ބައިވެރިވެ، މަހުމޫދު ވަނީ ފަލަސްތީނާއި އިސްރާއިލާ ދެމެދު ހަގީގީ ސުލްހަ ގާއިމްކުރުމަށް އަންނަ އަހަރު ބައިނަލްއަގުވާމީ ކޮންފަރެންސްއެއް ބޭއްވުމަށް ގޮވާލައްވައިފަ އެވެ.

"އެ ކޮންފަރެންސްގެ މަގުސަދަކަށް ވާންވާނީ ފަލަސްތީނު އިސްތިއުމާރުކޮށްފައި އޮތް އޮތުން ނިމުމަކަަށް ގެނެސް 1967 ވަނަ އަހަރު ކަނޑައަޅާފައިވާ ބޯޑަރާ އެއްގޮތަށް އިރުމަތީ ގުދުސްގައި ފަލަސްތީނުގެ ވަކި ދައުލެއް ގާއިމްކުރުން." އައްބާސް ވިދާޅުވި އެވެ.

ޔޫއޭއީ އަދި ބަހްރެއިންއިން އިސްރާއިލާ ގުޅުން ގާއިމްކުރުމުން އެކަމަށް ވަރަށް ބޮޑަށް މަހުމޫދު ފާޑުވިދާޅުވި އިރު އދ.ގެ 75 ވަނަ ޖެނެރަލް އެސެމްބްލީގައި ވާޗުއަލްކޮށް ބައިވެރިވެ، ބަހްރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާ ވަނީ ފަލަސްތީނުގެ މައްސަލަ ހައްލުކޮށް އިރުމަތީ ގުދުސްއަކީީ ފަލަސްތީނުގެ ވެރިރަށް ކަމަށް ކަނޑައަޅައި ފަލަސްތީނުގެ ދައުލެއް އުފެއްދުމަށް މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ.

ރަސްގެފާނު އިތުރަށް ވިދާޅުވީ އިސްރާއިލާއެކު ގުޅުން ގާއިމްކުރީ ވެސް ސުލްހައަށް ޖާގަދިނުމުގެ ގޮތުން ކަމަށެވެ.-- އަލްޖަޒީރާ----

comment ކޮމެންޓް