ފުލުހުން ބަލަމުންދާ ޑުރަގު މައްސަލައަކާ ގުޅިގެން ޓީވީ ޕްރެޒެންޓަރު އަނުޝްރީއާ ސުވާލުކޮށްފި

ޓީވީ އެންކަރު އަނުޝްރީ---

ޑާންސް ކޮރިއޮގްރާފާ ކިޝޯރު އަމޯރު ޝޭޓީއާ ގުޅޭ ޑުރަގުގެ މައްސަލަގައި ޓީވީ އެންކަރު އަނުޝްރީއާ ކަރްނާޓަކާ ފުލުހުން ސުވާލުކޮށްފިއެވެ.

ތިން ގަޑިއިރާ ބައިވަންދެން އަނުޝްރީ އާ ފުލުހުން ސުވާލުކުރިއިރު އޭނާ ވަނީ ޑުރަގުގެ ލިންކާ އޭނާ ގުޅުމެއް ނޯންނާނެ ކަމަށް ބުނެފައެވެ. ޝެޓީގެ ގާތް ރަހުމަތްތެރިޔާ އަދި މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތުކުރެވިފައިވާ ތަރުން ރާޖް އަކީ އަނުޝްރީ ދަންނަ މީހެއްކަމަށާއި މީގެ ކުރިން ހަމަސް ދުވަހެއް ވަންދެން އަނުޝްރީއަށް ޑާންސް ކޮރިގްރާފްކޮށްފިން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޝެޓީގެ ޕާޓީއަށް އަނުޝްރީވެސް ދިޔަކަމަށް ތަރުން ބުނިިއިރު އަނުޝްރީ ވަނީ އެކަން ދޮގުކޮށްފައެވެ. އޭނާ ބުނީ ޑުރަގު ބޭނުންނުކުރާ ކަމަށާއި ޝެޓީގެ ޕާޓީއަށް ދިޔައޭ ކިޔައިގެން ދެކެވުނު ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

ފުލުސް އޮފީހުން ބޭރަށް ނުކުމެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި އަނުޝްރީ ބުނީ ފުލުހުން ކުރި ސުވާލުތަކަށް އޭނާ ފުރިހަމައަށް ޖަވާބުދީފައި ވާނެ ކަމަށާއި އިތުރަށް ފުލުހުން ސުވާލުކުރަން ބޭނުންވެގެން ގުޅައިފިނަމަ ފުލުސް އޮފީހަށް ހާޒިރުވާނެ ކަމަށެވެ.

"ޑުރަގު މާފިއާ ގޯސްޓްއާ ހެދި މުޅި ސްޓޭޓްވެސް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިއްޖެ. ފުލުހުން މަސައްކަތް އެކުރަނީ އެފަދަ މީހުން ނައްތާލަން. ފުލުހުންނަށް އެއްބާރުލުން ދޭނަން،" އަނުޝްރީ ބުންޏެވެ.

comment ކޮމެންޓް