ވެކްސިނެއް ލިބުމުގެ ކުރިން ދެ މިލިއަން މީހުން ކޮވިޑްގައި މަރުވެދާނެ: ޑަބްލިއުއެޗުއޯ

ސްޕެއިންގެ މީހުން މީގެ ކުރިން ލޮކްޑައުންގައި---

ކޮވިޑް-19 އަށް ވެކްސިންއެއް ލިބުމުގެ ކުރިން ދެ މިލިއަނެއްހާ މީހުން އެ ބަލީގައި މަރުވެދާނެ ކަަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯގެ ހެލްތު އެމެޖެންސީ ޕްރޮގްރާމްގެ ހެޑް މައިކް ރަޔާން ވިދާޅުވީ ކޮވިޑްއިން ރައްކާތެރިވާން ފިޔަވަޅުތައް އިތުރަށް ނާޅައިފި ނަމަ ބަލީގައި ދެ މިލިއަނަށް ވުރެ އިތުރަށް މީހުން މަރުވުމުގެ ފުރުސަތު އޮތް ކަމަށެވެ.

ކޮވިޑް ފެތުރެން ފެށި ފަހުން މިހާތަނަށް 988،965 މީހުން ބަލީގައި މަރުވެފައިވާ އިރު 32.5 މިލިއަން މީހުންނަށް ބަލިޖެހިފައިވެ އެވެ. އަދި ބަލިން 22.5 މިލިއަން މީހުން ވަނީ ރަަނގަޅުވެފަ އެވެ.

ރަޔާން ވިދާޅުވީ މިހާރު ވެސް ބަލި ފެތުރޭ މިންވަރު ކުޑަނުވާ ކަމަށާއި އަދި މި ބަލިފެތުރުން އިތުރު ވަނީ ހަމައެކަނި ޒުވާނުންނާ ހެދި ނޫން ކަމަށެވެ. އަދި އެހެން ދިމާވަނީ ހުރިހާ އުމުރެއްގެ މީހުން ވެސް އިންޑޯ އިވެންޓްތައް ބާއްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑް އެންމެ ބޮޑަށް ފެތުރިފައި ވަނީ އެމެރިކާގަ އެވެ. އެގައުމުގެ ހަތް މިލިއަން މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެެވެ. އެގައުމަށް އެރި ފުރަތަމަ ކޮވިޑްގެ ރާޅު އަދި ވެސް ނުނިމެ އެވެ.

ކޮވިޑް ފެތުރޭ މިންވަރު ޔޫރަޕްގައި ދަށްވުމަށް ފަހު އަނެއްކާ ވެސް ވަނީ ބަލި ފެތުރޭ މިންވަރު މަތިވާން ފަށައިފަ އެވެ.

އެކަމާ ގުޅިގެން ސްޕެއިން އަދި ފްރާންސް ފަދަ ގައުމުތަކުގައި މިހާރު ދަނީ އަނެއްކާ ވެސް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

ކޮވިޑްގެ ދެވަނަ ރާޅާ ގުޅިގެން އިސްރާއިލް ވެސް ވަނީ ދެވަނަ ފަހަރަށް ފުރަބަންދުކޮށްފަ އެވެ.---އަލްޖަޒީރާ/ބީބީސީ

comment ކޮމެންޓް