ދެ މިނިސްޓްރީއަކުން ހޯނޑެއްދުއަށް ކާޑު ހަދިޔާކޮށްފި

ހޯޑެއްދޫއަށް ދެ މިނިސްޓްރީއަކުން ފޮނުވި ކާޑުގެ ބާވަތްތައް ރައްޔިތުންނަށް ބަހަނީ —

ކޮވިޑް19 އަށް ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވެފައިވާ ހޯނޑެއްދުއަށް މިނިސްޓްރީ އޮފް ޖެންޑާ އެންޑް ސޯޝަލް ސާވިސަސްއާއި މިނިސްޓްރީ އޮފް ހެލްތް އާއި ގުޅިގެން ކާޑު ހަދިޔާކޮށްފިއެވެ.

ހޯނޑެއްދޫ ސިއްހީ މަރުކަޒުން މިއަދު ބުނީ، ކޮވިޑް19 ބަލި ފެތުރުމުގެ ހާލަތާއި ގުޅިގެން ފޮނުވި ކެއާ ޕެކޭޖްތަކާއި އެހެނިހެން ސާމާނު މިއަދު އެރަށަށް ލިބިފައިވާ ކަމަށެވެ.

ކެއާ ޕެކޭޖްތަކުގެ ތެރޭގައި ހިމެނެނީ 196 ބަސްތާ ހަނޑޫ، 196 ބަސްތާ ހަކުރު، 33 ބަސްތާ މުގެވެ. އޭގެ އިތުރުން ބަލިމީހުން އައިސޮލޭޓް ކުރުމަށް 11 މީހުން އެކޮމަޑޭޓް ކުރުމަށް ބޭނުންވާ އެނދާއި، ގޮދަޑި އަދި އައިސޮލޭޓްކުރުމަށް ބޭނުންވާނޭ އެހެނިހެން ސާމާނު ވެސް ހިމެނޭ ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.

"މި ދަތި އުނދަގޫ ހާލަތުގައި ތި ބަހައްޓަވާ އޯގާތެރިކަމަށްޓަކައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއަށާއި، އެމަނިކުފާނުގެ ނައިބް ފައިސަލް ނަސީމްއަށާއި، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އަށާއި، ހެލްތު މިނިސްޓްރީ ހިންގުމާއި ހަވާލުވެ ހުންނެވި މުހައްމަދު އަސްލަމްއަށާއި، އެސްޓީއޯ ގެ އެމްޑީ ހުސެން އަމްރު އަދި އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް އާއި މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާާން އާއި މިކަމުގައި މަސައްކަތް ކޮށްދެއްވި އެންމެހައި ބޭފުޅުންނަށް އަޅުގަނޑުމެންގެ އަމިއްލަ ނަމުގައާއި ހޯނޑެއްދޫގެ އެންމެހައި ރައްޔިތުންގެ ނަމުގައި ހިތުގެ އެންމެ ފުންމިނުން ހިފެހެއްޓުމެއްނެތް ޝުކުރު ދަންނަވަން،" ހޯޑެއްދޫ ސިއްހީ މަރުކަޒުން މިއަދު ކުރި ޕޯސްޓުގައި ލިޔެފައިވެއެވެ.

ހޯނޑެއްދުއިން މިހާތަނަށް ޖުމްލަ 45 ކޭސް ފެނުނެވެ. އޭގެ ތެރެއިން 32 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 13 އެވެ. އެންމެ ފަހުން އިއްޔެ ވެސް އެކަކު ވަނީ އެރަށުން ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން 11 ސާމްޕަލް ނަގާފައިވާ ކަމަށް އެޗްޕީްއޭ އިން ރޭ ވަނީ ބުނެފައެވެ.

ހޯނޑެއްދޫއިން އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްތައް ފެނިިފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެފަހުން އަދިވެސް އެރަށް އޮތީ މޮނިޓަރިން ހާލަތުގައެވެ.

comment ކޮމެންޓް