ނޫސްވެރިކަމުގެ އިނާމަށް 11 ދާއިރާއަކުން 80 ހުށަހެޅުން

ސެޕްޓެމްބަރ 15، 2019: ދެހާސް އަށާރަވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމަށް ދަރުބާރުގޭގައި އޮތް ރަސްމިއްޔާތުގެ ތެރެއިން - ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް މީޑިއާ ކައުންސިލްއިން ދޭ ނޫސްވެރިކަމުގެ އިނާމަށް 11 ދާއިރާއަކުން 80 ހުށަހެޅުން ހުށަހަޅައިފިއެވެ.

މީޑިއާ ކައުންސިލްއިން ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލާން ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އަދި މިއަދު ވަނީ އިނާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައެވެ.

މިފަހަރުގެ ނޫސްވެރިކަމުގެ އިނާމަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ފީޗާ އަދި ރިޕޯޓް ކެޓަގަރީއިންނެވެ. އެ ކެޓަގަރީން 29 ފަރާތަކުން މިފަހަރު ކުރިމަތިލާފައި ވެއެވެ.

މިފަހަރު އިނާމްތައް ދޭއިރު ތަހުގީގީ ނޫސްވެރިކަމުގެ ނަމުގައި އާ ކެޓަގަރީއެއްވެސް ވަނީ ތައާރަފްކޮށްފައެވެ. އެ ކެޓަގަރީއަކުން ދެ ފަރާތަކުން ވަނީ ކުރިމަތިލައިފައެވެ.

އޭގެ އިތުރުން ތިމާވެެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ނަމުގައި އަަލަށް ތައާރަފްކުރި ކެޓަގަރީންވެސް ތިން ފަރާތަކުން ކުރިމަތިލާފައި ވެއެވެ.

އުއްމީދީ ނޫސްވެރިކަމުގެ ކެޓަގަރީން މިފަހަރު ފަސް ފަރާތެއް ވަނީ ކުރިމަތިލައިފައެވެ.

comment ކޮމެންޓް