ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއްގައި ފުލުހަށް ހާޒިރުވާން އަންގައި ނަން ހާމަކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފުލުހުން ހޯދަން އާންމުކޮށްފައި ވަނީ ތިމަރަފުށި، އަސަރީގެ، ޙަސަން ނިޒާރު،59، އެވެ.

ތ. ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ ކަމަށެވެ.

އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި ވަނީ އިއުލާނުކޮށްފަ އެވެ.

އެގޮތުން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ 10:00 އަށް ތިމަރަފުށި ޕޮލިސްސްޓޭޝަނަށް ހާޒިރުވުމަށް އަންގައި ވަނީ އިއުލާނުކޮށްފަ އެވެ.

comment ކޮމެންޓް