މާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި

މީގެކުރިން ތޫނުއެއްޗަކުން ހަމަލާދިން ހާދިސާއެއްގެ ތެރެއިން --- ފައިލް ފޮޓޯ

މާލޭގައި މިރޭ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ މާފަންނު ތޮއިބާ މިސްކިތް ކައިރީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީފައިވާ ކަމުގެ މައުލޫމާތު މިރޭ 8:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ހަމަލާދީފައި ވަނީ ހަވީރީ ހިނގުމާއި ޝަހީދުއަލީ ހިނގުމާ ގުޅުނު ހިސާބުންނެވެ.

އަނިޔާ ލިބުނު މީހާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނީ މައްސަލައާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު މިސްކިތް ކައިރިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް