އިޝާރާތް ބަހުގެ ދުވަހު ފަސްޓްލޭޑީގެ ވާހަކައެއް އިޝާރާތުން

ބައިނަލްއަގުވާމީ އިޝާރާތް ބަހުގެ ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު، އިޝާރާތް ބަހުން ކުޑަކުދިންގެ ވާހަކައެއް ވިދާޅުވެދެއްވައިފިއެވެ.

ދުވަހާ ގުޅިގެން އެކަމަނާ ދެއްވި ވިޑީއޯ މެސެޖުގައި، ދުވަހުގެ ތަހުނިޔާ އާއި ހެޔޮ ދުއާ ފޮނުއްވެވިއެވެ.

އަދި އިވުމުން ވާހަކަދެއްކުމުން މަހްރޫމުވެފައިވާ މީހުންނާއި ކުދިން ކަންކަމުގައި ޝާމިލުކުރުމަށް، ހުރިހާ އެންމެން ވެސް އިޝާރާތް ބަހުގެ ކޮންމެސް މިންވަރެއް ދަސްކުރުމަށް އެދިވަޑައިގަތެވެ.

މުޅި ވީޑިއޯގައި ވެސް އެކަމަނާ ވާހަކަދެއްކެވީ އަނގަބަހުންނާއި، އިޝާރާތް ބަހުންނެވެ.

އަދި ކުޑަކުދިންނަށް ހާއްސަކޮށް އެކަމަނާ ވަނީ އިޝާރާތް ބަހުން ވާހަކައެއް ވިދާޅުވެދެއްވައިފައެވެ. އެކަމަނާ މިއަދު ވިދާޅުވެދެއްވީ "މީހަކާއި ގަސް" ކިޔާ ވާހަކައެކެވެ.

ފަސްޓްލޭޑީ ފަޒްނާގެ މި ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމަނާއަށް ތައުރީފުކުރަމުންނެވެ.

ބައިނަލްއަގްވާމީ އިޝާރާތުން ވާހަކަ ދައްކާ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު 23 ވަނަ ދުވަހެވެ.

comment ކޮމެންޓް