ހުއްޓިފައިވާ ލ. ބޮޑުފިނޮޅު ޕްރޮޖެކްޓްގެ މައްސަލަ މިނިސްޓަރަށް

ލ. ބޮޑުފިނޮޅު: އެ ރަށް ތަރައްގީ ކުރުން ހުއްޓިފައި އޮތުމުގެ ކަންބޮޑުވުން ވަނީ މިނިސްޓަރާއި ހިއްސާ ކޮށްފައި ---

ޓުއަރިޒަމް ޓްރޭނިން ސްކޫލެއްގެ ގޮތުގައި ލ. އަތޮޅުގައި ތަރައްގީ ކުރަން ފެށި ލ. ބޮޑުފިނޮޅު ޕްރޮޖެކްޓް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ރައްޔިތުންގެ ފަރާތުން އެ ދާއިރާގެ މެންބަރު މުހައްމަދު ވިޝާމު، ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއާ ހިއްސާ ކޮށްފި އެވެ.

މިނިސްޓަރު މައުސޫމްއާ ބައްދަލުކުރެއްވުމަށްފަހު ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހުއްޓިފައިވާ ބޮޑު ފިނޮޅު ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަކީ ގަމު ރައްޔިތުން އިންތިހާއަށް އެދޭ ކަމެއް ކަމަށާއި ލާމުގެ ގޮނޑުދޮށްތަކާއި ގުދުރަތީ ޗާލުކަން ބޭރު މީހުންނާ ހަމައަށް ގެންގޮސްދެއްވުމަށް އެދޭ ކަމަށެވެ.

އެކަމާއި ގުޅޭ ގޮތުން "ސަން" އާ ވާހަކަ ދައްކަވަމުން މެންބަރު ވިޝާމް ވިދާޅުވީ، މީގެ 12 ވަރަކަށް އަހަރު ކުރިން ތަރައްގީ ކުރުމަށް ބަޔަކާ ހަވާލުކުރި އެ ރަށުގެ ބައެއް މަސައްކަތް ކުރިއަށް ގެންދިއުމަށްފަހު ހުއްޓިފައި އޮންނަތާ މިހާރު އެތައް އަހަރެއް ވެފައިވާ ކަމަށެވެ.

"އެ ރަށް ތަރައްގީ ވެގެން އެ ސަރަހައްދަށް ވަރަށް ގިނަ ކުރިއެރުންތަކެއް ލިބޭނެ. ރަށުގެ މަސައްކަތް ހުއްޓި އެތަން ވީރާނަވާން ދޫކޮށްލައިގެން ބަލަން ތިބެވޭކަށް ނެތް،" ވިޝާމް ވިދާޅުވި އެވެ.

ލ. ބޮޑުފިނޮޅު: އެ ރަށް ތަރައްގީ ކުރުން ހުއްޓިފައި އޮތުމުގެ ކަންބޮޑުވުން ވަނީ މިނިސްޓަރާއި ހިއްސާ ކޮށްފައި ---

ލ. އަތޮޅު ކައުންސިލާއި ގަމު ކައުންސިލްއިން އެ ރަށުގެ މައްސަލައިގައި މިދިޔަ އަހަރު ސަރުކާރުގެ ކަމާއި ގުޅޭ އިދާރާތަކާއި ބައްދަލުކޮށް ޝަކުވާ ހުށަހަޅާފައިވާކަން ވިޝާމް ފާހަގަކުރެއްވި އެވެ.

ބިމުގެ ބޮޑު މިނިގައި 4.6 ހެކްޓަރު ހުންނަ ލ. ބޮޑުފިނޮޅު، ޓްރެއިނިން ރިޒޯޓެއްގެ ގޮ ތަރައްގީ ކުރުމަށް. 25 އަހަރަށް ޕްރެމިއަރ އެކުއިޓީ ޕްރައިވެޓް ލިމެޓެޑާއި ހަވާލުކޮށްފައިވަނީ 2008 އަހަރުގެ ސެޕްޓެމްބަރ 28 ވަނަ ދުވަހު އެވެ.

comment ކޮމެންޓް