މިއަދު 48 މީހުން ޕޮޒިޓިވްވި އިރު، 48 މީހުން ރަނގަޅުވެއްޖެ

އޭޕްރީލް 22، 2020: ކޮވިޑް19 މާލޭގައި ފެތުރުމާއެކު މާލެ ލޮކްޑައުން ހާލަތުގައި ބަޔަކު ވިޔަފާރި ކުރުމަށް ފިހާރައެއްކައިރީގައި ކިއޫ ހަދައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވް އިތުރު 48 މީހަކު ދެނެގަނެވުނު އިރު، 48 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 28 ދިވެހީންނާއި 20 ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެއިން ފެނުނު 47 މީހަކާއި އަތޮޅުތެރެއިން ފެނުނު މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު، މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 9،818 އަށް އަރައިފައެވެ.

މިއަދު ރާއްޖެއިން އިތުރު 48 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު، ބަލި ޖެހުނު މީހުންގެ ތެރެއިން ޖުމްލަ 8438 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިވަގުތު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 1340 މީހެކެވެ. އޭގެ ތެރެއިން 92 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، 674 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު 34 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް