ގިނަ ބަޔަކާ އެއްކޮށް ދަތުރުކުރި އެމްޓީސީސީގެ 'ކަޅިހި' ލޯންޗު ފަރަށް އަރައިފި

ފަރަށް އެރި އެމްޓީސީސީގެ 'ކަޅިހި' ލޯންޗު-- ފޮޓޯ/އެމްއެންޑީއެފް

ގިނަ ބަޔަކާ އެއްކޮށް ދަތުރު ކުރަމުންދިޔަ އެމްޓީސީސީގެ 'ކަޅިހި' ލޯންޗު ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ މި ލޯންޗު ކ. ކޮށްދިއްޕަރު ކައިރީގައި އޮތް ފަރަކަށް އަރައިގެން މިރޭ 18:48 ހާއިރު ރިޕޯޓު ކުރުމުން ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާ ހިނގިއިރު ލޯންޗުގައި ޖުމުލަ 26 މީހުން ތިއްބެވެ. އޭގެ ތެރޭގައި ދެ އަންހެނުން ވެސް ހިމެނެ އެވެ.

މި ހާދިސާ ހިނގުމުން ލޯންޗުގައި ތިބި މީހުން، ހާދިސާ ހިނގި ތަނުގައި ކައިރީގައި އޮތް ތުނޑިއަކަށް އަރާފައިވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެ އެވެ.

comment ކޮމެންޓް