މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން މާލެ ގެންނަނީ، 24 ގަޑިއިރު ތެރޭ ދެވަނަ ހާދިސާ

ކ. ދިއްފުށި ކައިރިން މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާއަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ބުޅިއެއް ހެރުނީ ދިއްފުށި ކަނދުފަތީގެ އިރުން 26 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަމުގައި އުޅުނު "އަޒުމް" ދޯނީގައި ހުރި 40 އަހަރުގެ ދިވެހި ފަޅުވެރިއެއްގެ ލޮލަށް ކަމަށެވެ.

އަދި ސިއްހީ އަވަސް ފަރުވާއަށް އޭނާ މާލެ ގެނައުމަށް އެމްއެންޑީއެފް މާލެ އޭރިއާ ސީޖީ ސްކޮޑްރަން އިން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 16:20 ހާއިރު ކަމަށެވެ.

ރޭ އދ. މަންދޫގެ ހުޅަނގުން 101 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ކޮންކޯޑު" ނަމަކަށް ކިޔާ ދޯނީގައި ހުރި މީހެއްގެ ލޮލަށް ވެސް ވަނީ ބުޅިއެއް ހެރިފައެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބުނީ ރޭ 19:06 ހާއިރު ކަމަށާއި، ބުޅި ހެރުނީ ދޯނީގައި ހުރި 65 އަހަރުގެ ދިވެއްސެއްގެ ލޮލަށް ކަމަށެވެ.

comment ކޮމެންޓް