މިފްކޯ އިން މަސްވެރިންނަށް ތެޔޮވިއްކާ އަގަށް ބަދަލު ގެނެސްފިއެ ވެ.
އެގޮތުން އެ ކުންފުނިން ނިންމާފައިވަނީ މާދަމާ އިން ފެށިގެން ތެޔޮވިއްކާ އަގަށް ބަދަލު ގެނައުމަށެވެ.
މި ބަދަލާއެކު މާދަމާ އިން ފެށިގެން މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން ޑީސަލް ވިއްކާނީ މަސްވެރިންނަށް ޑީސަލް ލީޓަރެއް 7.33 ރުފިޔާ އަށް އަދި އާންމުންނަށް 13 ރުފިޔާ އަށެވެ.
މީގެ ކުރިން މިފްކޯ އިން މަސްވެރިންނަށް ޑީސަލް ވިއްކީ ލީޓަރެއް 8.65 ރުފިޔާއަށެވެ.
ބާޒާރުގައި ޑީސަލް ލީޓަރެއްގެ އަގު ހުރީ 8.71 ރުފިޔާ އަށެވެ.