ޔޫކޭ ދަތުރުފުޅަށްފަހު ރައީސް ނަޝީދު ކަރަންޓީނުގައި

މަޖިލިސް ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ މަޖިލިސް

އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު މާލެ ވަޑައިގެންފިއެވެ.

އަމިއްލަ ދަތުރުފުޅެއްގައި ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

މަޖިލީހުގެ ދައުރު ނިމުމުން އަމިއްލަ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންނެވިއިރު، ރައީސް ނަޝީދުގެ ބޭފުޅުން ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގައެވެ.

އިނގިރޭސިވިލާތުން އެނބުރިވަޑައިގެން އެމަނިކުފާނު މިހާރު ހުންނެވީ ކަރަންޓީނުގައި ކަމަށް މަޖިީހުން ވަނީ ބުނެފައެވެ. ރާއްޖެއިން ބޭރުން އަންނަ ދިވެހިން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހެއެވެ.

މަޖިލީހުގެ ތިން ވަނަ ދައުރު ފެށޭނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ހޯމަ ނުވަތަ ފުރަތަމަ ބުދަ ދުވަހުއެވެ.

comment ކޮމެންޓް