ތައިލެންޑްގެ ރަސްކަމަށް އިސްލާހީ ބަަދަލުތައް ގެންނަން ބުނެ ލިޔެފައިވާ ޕްލާކް ނަގައިިފި

ތައިލެންޑަކީ ވެރިކަމަކީ ރައްޔިތުންގެ އެއްޗެއްކަމަށް ބުނެ ލިޔެފައިވާ ޕްލާކް (ވ) އަދި ފަހުން އެ ޕްލާކް ނަގައިފައި (ކ)--

ތައިލެންޑްގެ ރަސްކަމަށް އިސްލާހީ ބަަދަލުތައް ގެންނަން ބުނެ ލިޔެފައިވާ ޕްލާކް ނަގައިިފި އެވެ.

"ތައިލެންޑުގެ ވެރިކަމަކީ ރައްޔިތުންގެ އެއްޗެއް. ވެރިކަމަކީ ރަސްގެފާނުގެ އެއްޗެއް ނޫން" ތައިލެންޑްގެ ގްރޭންޑް ޕެލެސްކައިރީގައި ބިންމަތީގައި ބަހައްޓައިފައިވާ އެ ޕްލާކްގައި ލިޔެފައިވެ އެވެ.

ނަމަވެސް އެ ޕްލާކް ބެހެއްޓިތާ 24 ގަޑިއިރު ނުވަނީސް ފުލުހުން ވަނީ އެއެތި ނަގައިފަ އެވެ.

މީގެ ކުރިން ވެސް ހަމަ އެތަނުގައި ޕްލާކްއެއް ބަހައްޓާފައި ހުއްޓެވެ. ރަސްކަމަށް ތައުރީފްކޮށް ބަހައްޓާފައިވާ އެ ޕްލާކް ވީނުވީއެއް ނޭނގި 2017 ވަނަ އަަހަރު ވަނީ ގެއްލިފަ އެވެ.

ތައިލެންޑްގެ ކިޔަވާ ކުދިން އިސްވެތިބެ ކުރަމުންދާ މުޒާހަރާގައި ރަސްގެފާނުގެ ބާރުކުޑަކުރުމަށް ވެސް ދަނީ ގޮވާލަމުންނެވެ. ތައިލެންޑްގެ މިހާރުގެ ގާނޫނު އޮންނަ ގޮތުން ރަސްގެފާނަށް ކުޑައިމީސްކޮށް ބަސްބުނެފި ނަމަ ގިނަ ވެގެން 15 އަހަރުގެ ޖަލުގެ ހުކުމެއް އާދެ އެވެ.

ދެހާސް ސާދަވަނަ އަހަރު އަސްކަރިއްޔާ އިން ގެނައި ބަޣާވާތަށް ފަހު އެ ގައުމުގެ ގާނޫނު އަސާސީ ބަދަލުކޮށް ރަސްގެފާނަށް އޮންނަ ބާރުތައް ވަނީ އިތުރުކޮށްފަ އެވެ.

މުޒާހަރާގައި ތިން ކަމަކަށް އެމީހުން ދަނީ ޑިމާންޑްކުރަމުންނެވެ. އެގޮތުން ޕާލަމަންޓް އުވާލައި، މިލިޓަރީ އިސްވެ އޮވެ އެކުލަވާލައިފައިވާ ގާނޫނު އަސާސީ ބަދަލުކޮށް އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލަން ގޮވާލާފައިވެ އެވެ..-- އަލްޖަޒީރާ

comment ކޮމެންޓް