މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 46 މީހުން، ހޮސްޕިޓަލްގައި ފަރުވާ ދެނީ 96 މީހަކަށް

މިއަދު ރާއްޖެއިން 46 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު، 29 ކޭސްގެ މަދުވުމެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 75 އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 31 ދިވެހިންނާއި 15 ބިދޭސީންނެވެ.

މާލެ ސަރަހައްދުން 44 މީހަކު ޕޮޒިޓިވްވިއިރު، އަތޮޅު ތެރެއިން ޕޮޒިޓިވްވީ ދެ މީހެކެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 9،770 އަށް އަރާފައެވެ.

މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 129 އެވެ. ޖުމްލަ ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 8،390 އެވެ.

ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 1،340 އެވެ. އޭގެ ތެރެއިން 96 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކުރެވިފައިވަނީ 692 މީހުންނެވެ.

މިހާތަނަށް އެޗްޕީއޭ އިން ކޮވިޑަށް 141،00 އަށްވުރެ ގިނަ ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ. މިއަދު ޓެސްޓު ކުރި އަދަދަކީ، 1،310 އެވެ.

މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދަކީ، 34 އެވެ. އޭގެ ތެރޭގައި މިއަދު ކޮވިޑް ޖެހިގެން މަރުވި އުމުރުން 90 އަހަރުގެ މީހާ ހިމެނެވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް