"ސަތިިޔަމޭވް ޖަޔަތޭ 2" އާ ޕޯސްޓަރެއް، ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު!

ފިލްމުގެ އާ ޕޯސްޓަރު---

ދެހާސް އަށާރަ ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ސަތިޔަމޭވް ޖަޔަތޭ"ގެ ސީކުއެލް "ސަތިޔަމޭވް ޖަޔަތޭ 2"ގެ އާ ޕޯސްޓަރެއް ދައްކާލާ ފިލްމު ރިލީޒްކުރާ ދުވަސް ހާމަކޮށްފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި ޖޯން އަބްރަހަމް ލީޑު ރޯލުން ފެނިގެންދާ މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު ފިިތުރު އީދުގަ އެވެ. މެއި 12 ވަނަ ދުވަހު ފިލްމު ރިލީޒްކުރާއިރު މި ފިލްމުގެ މަންޒަރުތައް އަންނަ މަހު ނަގާނެ އެވެ. ލަކްނޯގެ ހިތްގައިމު މާހައުލުގައި ފިލްމު ޝޫޓްކުރާ އިރު ފިލްމުގެ ބައެއް މަންޒަރުތައް އުއްތަރަ ޕްރަދޭޝްގައި ވެސް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ފިލްމުގެ އަންހެން ލީޑު ކުޅޭނީ ދިވްޔާ ކޯސްލާ ކުމާރެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމީ މި އަހަރު އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އެވެ. ނަމަވެސް އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައި އޮތުމާ އެކު މި އަހަރު މި ފިލްމު ނޭޅުވޭނެ އެވެ.

"ސަތިޔަމޭވާ ޖަޔަތޭ" އަކީ ކޮރަޕްޝަނާ ދެކޮޅަށް ހިތްވަރުގަދަ ފުލުހެއް ކުރާ މަަސައްކަތްތައް ދައްކުވައިދޭ ފިލްމެކެވެ.

comment ކޮމެންޓް