ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ ނިންމާލަނީ

ޑްރާމާގެ ލީޑު ތަރިން--

ސްޓާޕްލަސް އިން ދައްކަމުން އަންނަ މަގްބޫލު ޑްރާމާ "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ނިންމާލަން ގަސްތުކޮށްފި އެވެ.

މި ޑްރާމާ ނިންމާލުމަށް ފަހު "ސާތު ނިބާނާ ސާތިޔާ"ގެ ދެވަނަ ބައި ދައްކަން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ޝަހީރް ޝޭޚް އާއި ރިއާ ޝަރުމާ ލީޑް ރޯލު ކުޅޭ ޑްރާމާގެ ފައިނަލް އެޕިސޯޑު ދައްކާނީ އޮކްޓޯބަރު 17 ގަ އެވެ.

ޑްރާމާގެ ލީޑު ތަރި ރިއާ ބުނީ ސިލްސިލާ ނިންމާލަން އުޅޭކަން އެނގުމުން ގަބޫލުކުރަން ދަތިވިކަމަށާއި އަދި ދެރަވެސްވި ކަމަށެވެ. ޑްރާމާގެ ސެޓަށް ޕްރޮޑިއުސަރު ރާޖަން ޝާހީ އައިސް އެ ޚަބަރު ހިއްސާކުރިއިރު ޝޯ އެހާ އަވަހަށް ނިންމާލަން ގަސްތުކުރާ ވާހަކަ ބުނުމުން އެންމެން ވެސް ތިބީ ޝޮކެއްގައި ކަމަށާއި ނަމަވެސް ޕްރޮޑިއުސަރުގެ ނިންމުމަށް އެންމެންވެސް އިޚުތިރާމްކުރާކަމަށެވެ. އަދި ޑްރާމާ ނިންމާލި ނަމަވެސް ޑްރާމާގެ ހުރިހާ ތަރިން މަތިން ވަރަށް ހަނދާންވާނެ ކަމަށާއި މި ތަރިންގެ މެދުގައި ވަރަށް ހާއްސަ ގުޅުމެއް އުފެދިފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ މާޗު މަހު ސިލްސިލާގެ ފުރަތަމަ އެޕިސޯޑެއް ދެއްކިއިރު މި ޑްރާމާވެފައިވަނީ އިންޑިއާގައި އެންމެ ގިނަ މީހުން ބަލާ އެއް ޑްރާމާއަށެވެ.

comment ކޮމެންޓް