2013 ގެ ކުރިން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުރިހާ މައްސަލައެއް ނިންމައިފި

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ކްރިމިނަލް ކޯޓު ބޭރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެހާސް ތޭރަވަނަ އަހަރުގެ ކުރިން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުރިހާ މައްސަލައެއް ބަލައި ނިމިފައިވާކަމަށް އެ ކޯޓުން ބުނެފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މައްސަލަތައް އަވަސްކުރުމަށް އެ ކޯޓުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ގިނަ ދުވަސްވެފައިވާ މައްސަލަތައް މަދުކުރުމަށް ކުރެވުނު މަސައްކަތުން، 2013 ވަނަ އަހަރުގެ ކުރިން ހުށަހެޅުނު ހުރިހާ މައްސަލަތައް މިހާރު ނިމިފައިވާ ކަމަށެވެ.

ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، 2008 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް އެ ކޯޓަށް ޖުމްލަ 14،968 މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.

އަދި 2008 ވަނަ އަހަރުން ފެށިގެން 2012ގެ ނިޔަލަށް އެ ކޯޓަށް 8،903 މައްސަލަ ވަނީ ހުށަހަޅައިފައެވެ.

comment ކޮމެންޓް