މާތްﷲ ގުރުއާނުގައި ވަހީ ކުރައްވާފައިވެއެވެ.(كُلُّ نَفۡسٖ ذَآئِقَةُ ٱلۡمَوۡتِۗ وَنَبۡلُوكُم بِٱلشَّرِّ وَٱلۡخَيۡرِ فِتۡنَةٗۖ وَإِلَيۡنَا تُرۡجَعُونَ) މާނައަކީ ކޮންމެ نفس އަކީވެސް މަރުގެރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވައި ގޮތްބައްލަވަމެވެ. އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ، ތިމަންރަސްކަލާނގެ حضرة އަށެވެ.

***

ޒައިރާ އެރޭވެސް ކެމީލާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. މާމަ ދެރަވިނަމަވެސް ޒައިރާ އެބުނާފަދައިން ކެމީލާއަށް ރަގަޅުގޮތް ވާން ބޭނުންކަމުގައި ބުންޏެވެ. އެންމެފަހުން ޒައިރާ ގުޅައިގެން ކިޔާން އެގެއަށް އައެވެ. ކިޔާން ފެނުމުން ކެމީލާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

"ދޮންބެ. އެމީހުންނަށް ގެންދިޔަ ނުދީ ޕްލީޒް. "ކެމީލާ އެދުނެވެ.

"ލިލީ. އެގެއަށް ދުވަސްކޮޅަކު ގޮސްފައި ފޫހިވެއްޖެއްޔާ އެނބުރި އަންނާނީ. ކޮންމެ ދުވަހަކު ލިލީ އަށް މާމަ ކައިރިއަށް އާދެވޭނެ. ދޮންތަ ތިގެއަށްވެސް ދާނަން. ކޮންކަމަކާ ވޮރީ ތިކުރަނީ؟ ކިތަންމެ ކުދިންނެއް އެޑޮޕްޓްކޮށްގެން ހެޕީކޮށް އުޅޭ. ޓޮމް ކްރޫޒްމެން ބްރެޑް ޕިޓްމެންވެސް ކިތައް ކުދިންނެއް އެގެންގުޅެނީ. އެކުދިން ހަމަ ސެލްބްރިޓީއިންގެ ގޮތުގައި ކިޙާ ހެޕީކޮށް އެއުޅެނީ. ލިލީއައި ދޮންތި ޗުއްޓީ ހަދާލަން އެކި ތަންތަނަށް ދާނީ. މަޖާފަށެއް ކޮށްލަންވާނެ. ޕެރިހަށް ގޮސް މެކްރުން ކާލާފައި އެ ރެސިޕީ ހުރިގޮތަށް ނަގައިގެން އެވެސް ހަދައިގެން ވިއްކޭނެއްނު. ." ޒައިރާ ކިޔާންގެ އަނގަމަތީ އަތް އަޅަމުން އޭނަ ބޭނުންވާހާ ވާހަކައެއް ދައްކާ ނިންމާލައިފިއެވެ.

"ޒައިރް. ކޮއްކޮ ބޭނުން ޑިޒިޝަނެއް ނަގާނީ. ޑޯންޓް ބީ ސެލްފިޝް..." ކިޔާން ޒައިރާގެ ކޮލުގައި މަޑުމަޑުން ޖަހައިލިއެވެ. "މާމަގެ ޚިޔާލު އެންމެ ބޭނުމީ. ވަރަށް ދުވަސްކޮށްފައި މި އާދެވުނީ. ސޯ ހިނގާ އެއްޗެއް ކައިގެން ސްޓޯރީ ކިޔަން. އެކި ތަންތާ އުޅުނަސް ކޮންމެ ރެއަކު މިގޮތަށް އެންމެން ބައްދަލުކުރީމަ ފެމިލީ ރިލޭޝަން ނުކެނޑޭނެ. ދޮންބެ ބިޒީކަމުން ނާދެވުނީ. ދެން އާދެވޭތޯ ބަލާނަން......." ކިޔާން ދެކުދިންނަށް ބަލައިލަމުން ހީލިއެވެ.

"ނޫން ދޮންބެ. މިހާރު އެނގިއްޖެ. އަމިއްލައަށް ނޫން ޑިޒިޝަން މޭކް ކުރާނީ. އިސްތިޚާރާކުރާނީ. އޭރުން ހެއްދެވިފަރާތުން އެންމެ ރަގަޅުގޮތް ދައްކަވާނީ......" ކެމީލާ ކުއްލިއަކަށް ހޭންފެށިއެވެ. "ކީއްވެ އެވަރު ކަމަކާ ހާސްވީ؟ ކޮންމެ ކަމަކަށް ސޮލިއުޝަން އެއް އޮންނާނެ.................."

ކިޔާން ކެމީލާގެ ނިތްކުރީގައި ބޮސްދިނެވެ.

"ހައު އާ ޔޫ ފީލިން ނައު......"

"އަލްހަމްދުލިﷲ..." ކެމީލާ ބްލީޗްކޮށްފައިވާ ފަދަ ހުދު ދަތްތައް ފެންނަވަރަށް ހީލިއެވެ.

"އައި ފީލް ޓެރިބަލް. ފަސްޓްލޭޑީއަށް ވަރުގަދަ ލަނޑެއް ދީފައި މިހިރީ." ޒައިރާ އޭނަ ކެމީލާ ކަމަށް ހެދިގެން ކުރި ކަންތައް ކިޔާދިނުމުން ކެމީލާއަށް މަޖާވެގެން ހީފައިވެސް އެހެން ދޮގުހަދަން ނުވާނެކަމުގައި ބުނުމުން ކިޔާން ހިނި އައެވެ. ކެމީލާގެ އެ ރަގަޅު ސިފަތައް ލިބުނީ އެކުއްޖާގެ ބައްޕަގެ ފަރާތުން ހެއްޔެވެ؟ ނަވީންއަކީވެސް މާތް ރަގަޅު މީހެކެވެ. ދޮންބައްޕަގެ ހަދާންތައް ކިޔާންގެ ހިތުގައި ވެއެވެ.

ކިޔާން ހަގީގަތުގައި ބޭނުމީ ކެމީލާއަށް އެކަހަލަ ރަގަޅު އާއިލާއަކުން ޖާގަ ލިބުމެވެ. އޭރުން އޭނައަށް ވެސް ތަންކޮޅެއް ޚަރަދު ކުޑަވާނެއެވެ. ވަގުތުވެސް ވާނެއެވެ. ކެމީލާއަށް ޚަރަދުކުރުމަކީ އޭނައަށް ބުރަކަމެއް ނޫނެވެ. ނަމަވެސް އެވަރަށް ބުރަކޮށް ވަޒިފާ އަދާކުރާއިރުވެސް ދެކޮޅު ނުޖެހެނީ ކެމީލާގެ ބޭސްފަރުވާއާއި ހޮސްޕިޓަލް ބިލްތައް ބޮޑުކަމުންނެވެ. ގޭގެ ޚަރަދުތައްވެސް އެހާ ބޮޑެވެ. ރައީސްގެ އާއިލާއިން ކެމީލާ ދަރިއަކަށް ހަދައިފިނަމަ އެއީ އެކުއްޖާގެ ނަސީބެވެ. އެ އާއިލާއަށްވެސް ލިބޭނެ އުފަލެކެވެ. ސަބަބަކީ ކޮއްކޮއަކީ ކޮންމެ ބަޔަކުވެސް ދަރިއެއްގެ ގޮތުގައި ދެކެން އެންމެ ބޭނުންވާފަދަ ބަސްއަހާ އެންމެ ރަގަޅު ކުއްޖާއެވެ.

އެރޭ ސާލިހާއަށް އެތައް ދުވަހެއްގެ ފަހުން އުފާވެރިކަމެއް ލިބުނެވެ. ހުރިހާ ދަރިންކޮޅާއެކު އަނގަ ތަޅާލުމުގެ ފުރުސަތު ލިބުނެވެ. ކެއުމަށްފަހު ނިދާބޮކީގެ ފަނޑުއަލީގައި އެތައް އިރެއްވާންދެން ވާހަކަދައްކާލަން ތިބެފައި ކިޔާން ނިދީވެސް އެގޭގައެވެ. އެންމެން ކޮޓަރިތެރޭ ރަޖާއާއި ބާލީސްތައް އަޅައިގެން ތަޅުންމަތީގައެވެ.

އެރިއިރާއެކު ޒައިރާއަށް ސޯފިއާ ގުޅިއެވެ. ހަވީރު ކެމީލާ ބަލާ އެގެއަށް ދާނެކަމުގައި ބުނެލުމުން ޒައިރާ ނަށައިލިއެވެ.

"ފަސްޓްލޭޑީ ސޯފީ ހަވީރު މިގެއަށް ވަޑައިގަންނަވާނެ." ޒައިރާ ކެމީލާގެ ގައިގާ ހިފައިގަތެވެ.

"ނޭގޭ. ވަރަށް ހާސްއެބަ ވޭ. ދޮންތި ހަމަރަގަޅަށްވެސް އަހަރެން ފޮނުވައިލަނީތަ؟ ކިހިނެއް މާމައާއި ދޮންތި ނެތި އުޅޭނީ؟ ދޮންބެ އެގެއަށް ދާނަންތަ؟ " ކެމީލާ އިނީ ސޯފާއަށް އެރިގޮތަށް ބާލީސް މޭގައި ޖައްސާ ބާރުކޮށްލައިގެންނެވެ. އޭނަ ހަމަ ބިރުގަންނަނީއެވެ. ބީރައްޓެހި ބަޔެއްގެ ތެރެއަށް ގޮސްގެން އުޅެން އޭނައަށް ފަސޭހަވާނީ ކިހިނެއްކަމެއް ނޭގެއެވެ. ތުންފަތް ހަފާލަ ހަފާލާ އިންދާ ޒައިރާ އެންމެނަށް ވާވަރަށް ކޮފީއާއި ސެންޑްވިޗް ހަދާލައިފިއެވެ. ބިސްގަނޑުވެސް އެޅިއެވެ.

"ކޮއްކޮ ޕްރެޒިޑެންޝަލް ޕެލެސްއަށް ހިޖުރަކުރާތީ ރަގަޅަށް ކާންދޭންވާނެ ތާ. ދުވަސްކޮޅަކުން ފޮނިވެގެން ދޮންތަމެން ފެނުނަސް އެނގޭކަމަކަށްވެސް ހަދާނުލާނެ..." ޒައިރާ ކެމީލާގެ ކޮލުގައި ހިފައިލިއެވެ.

"ދޮންތީ...." ކެމީލާ ތުންފިތައިލިއެވެ.

"ދޮންތި އާއި ދޮންބެ މި ފެމިލީއިން ލިލީ ބާކީކޮށްލަން އުޅޭތީ އަދިވެސް ގަބޫލު ނުކުރެވިފައި މިހިރީ. އެކަމާ ވަރަށް ހެޕީވެ އެކަން އެކްސެޕްޓްކުރީމަ. އެހެންވެއްޖެއްޔާ މިއީ ބްލެކް ޝީޕް އޮފް ދަ ފެމިލީތަ؟ މިހާރު އެކަން ރިއަލައިޒްވެއްޖެ....." ކެމީލާ އެހެން ބުނެފައި ސޯފާއަށް ވެއްޓިގަތްގޮތަށް މޫނު ފޮރުވައިގެން އޮތުމުން އޮތީ އެކަމާ ހިތްހަމަނުޖެހިފައިކަން ދެނެގަނެވުނެވެ.

"މިއޮތް ޑްރާމާ ކުއީންއެއް. އެޑޮޕްޓް ކުރީމަ ހުރި ތަފާތަކީ ޔޫ ވިލް ގެޓް ޕޭރެންޓްސް އެންޑް ވީ ވިލް ބީ ރިޗާ. އަދި އަހަރެމެން އުޅޭނީ ހަމަ ވަން ބިގް ހެޕީ ފެމިލީއެއްގެ ގޮތުގައި......." ޒައިރާ ކެމީލާގެ ފައި އުނގަށް ލައިގެން ސޯފާގައި ހަމަޖެހިލިއެވެ.

"މިހުރިހާ ދުވަހު ފަސްޓްލޭޑީ ކުއްޖަކު އެޑޮޕްޓްނުކޮށް ކުއްލިއަކަށް އެހެން ހިތަށް އެރީ ކީއްވެތަ؟ ކުއްލިއަކަށް އެޑޮޕްޓްކުރަން ނިންމި ސަބަބަކީ ކޮބާ؟އެއްގޮތަކަށްވެސް ނުވިސްނޭ. ފަސްޓްލޭޑީ ބޭނުންވާނަމަ ކުޑަ ކުޑަ ކުއްޖަކުވެސް އެޑޮޕްޓްކުރެވިދާނެ. ވައި މީ؟ ދޮންތިއަށް ހީވަނީ ކިހިނެއް؟ " ކެމީލާ މޫނުން ކުޝަން ނެގިއެވެ.

"އިޑިއަޓް. މާތްﷲ ކަމެއް އިރާދަކުރައްވައިފިނަމަ "ބީ " އެގޮތަށް ވަހީ ކުރެއްވުމުން އެކަމެއް ވާކަން އަބަދު ލިލީ ބުނަމެއްނު. ނިއުމަތެއް ދެއްވާން ހުރިއްޔާ ހަމަ އެކަމެއް ދެއްވާނެ. އެއީ އެހާ ހައިރާންވެ ސުވާލު އުފެދެންވީ ކަމެއްވެސް ނޫން މައި ޑިއަރ ލިލް ސިސް....." ޒައިރާ ގެ ހިނިގަނޑު މަތަވެ ސިހުނީ ކުއްލިއަކަށް ތެތް ތުވާއްޔެއް މޫނާއެކު އޮޅައިލެވުމުންނެވެ. އަޑުކޮޅަށް ހަޅޭއްލަވައިގެންފާ ތެޅިގަނެގެން ތުވާލި ނެގިއިރު ކުރިމަތީގައި ހުރި ކިޔާން ފެނުނެވެ. ޒައިރާ މަޖާވެފައި ހޭންފެށިއެވެ. ކިޔާން ފެންވަރައިގެން ނުކުމެ ތުވާލި އަޅަން ބަހައްޓާފައި ހުރި ސްޓޭންޑްކަމަށް ހީކުރީހެއްޔޭ ކިޔާފައި ހުނެވެ. އެހެން ދުވަހެއްނަމަ ފީކުކުޅެއްހެން އަރައިގަންނާނެއެވެ. މިއަދު އޭނަގެ ބޮލަށް މީހަކު ދޮންވެލި ގޯންޏެއް ބަންޑުންކޮށްލިޔަސް ތަބީއަތު ގޯހެއްނުވާނެކަން ނޭގެއެވެ. އެއަށްވުރެ ބޮޑު ނިއުމަތެއް ލިބި ޒައިރާގެ މުސްތަގުބަލްވެސް އެއްކޮށް ރާވާލައިފިއެވެ. ކެމީލާއަށް ލިބޭ ކޮންމެ ނިއުމަތެއް އޭނައާއި ހިއްސާނުކޮށް ނުހުންނާނެކަމުގެ ޔަގީންކަން އެބައޮތެވެ. ސާލިހާ އާއި ހުރިހާ ކުދިން ސައިބޯން އިށީދެލުމަށްފަހު ފޯރިފަށެއް ހުއްޓެވެ. ޒައިރާގެ އަޑު އެންމެނަށްވުރެ ގަދައެވެ. މާމަވެސް އެކުދިންގެ އުފަލުގައި ބައިވެރިވެ ދޭތެރެއަކުން ހިނިގަނޑެއް ޖަހައިލައެވެ.

"ކިޔާން ދަރިފުޅާ.މާމަގެ ދަތްތަކެއް އުފުރައިލަން އެބަޖެހޭ."

"އޭރުން މާމަ ބޭބީއަކަށް ވެދާނެ. މިހާރުވެސް ކިއުޓްކަމުން ހަމަ ބޭބީއެކޭ ތަފާތެއްނެތް...." ކިޔާން މާމަގެ ޟައީފު ހަށިގަނޑުގައި އަތް ވަށައިލިއެވެ.

"ދޮންބެވެސް ދެން ޕޮލިއާނާއާއި މެރީކުރަން އުޅޭ. އޭރުން މާމަ މުނިމާމައަކަށް ވާނެ..." ޒައިރާ އެއްލޯ މަރައިލިއެވެ.

ކިޔާންއަށް އެ ނަން އަޑު އިވުމުން އުދަގޫތަކެއްވިއެވެ.

***

ނީވްއަށް އައި ފޯނުކޯލަކުން އޭނަ ހުރީ ވަރަށް ކަންތައް ބޮޑުވެފައެވެ. ހަދަންވީގޮތް ހުސްވެފައެވެ.

"ޔޫޒްލެސް ގާލްއެއް. ދެން ކަމެއް ނުވަންޏާ ތިގޭގައި ހުރުމުގެ ބޭނުމަކީ ކޮބާތަ؟ އެނބުރި އާދޭ......." އެޖުމްލައިން ނީވްގެ ހިތަށް އުދާސްކަމެއް ލިބުނެވެ. އަންހެންކުއްޖަކަށް ވުމުން ބޭކާރު މީހަކަށް ވީއެއް ނޫނެވެ. އޭނަ އަދި ފުރުސަތުގެ ބޭނުން ހިފާނެއެވެ. ނަމަވެސް މިގޭގައި އުޅެ އުޅެ އެލީނާދެކެވެސް ފާޑެއްގެ ލޯތްބެއް ޖެހިއްޖެއެވެ. އެވަރުން އެގެއަށް އައި ނިޔަތް ބަދަލުވެ ބަދަލު ހިފުމާއި ނަފްރަތުގެ ގިނި މަޑުވިތާ ކޮން ދުވަހެއްހެއްޔެވެ؟ ނަމަވެސް "ޔޫޒްލެސް" ކަމަށް އެންމެ ލޯބިވާ ފަރާތުން ބުނުމުން ހިތާއި ދެކޮޅަށް ނަމަވެސް ކުރިއަށް ފިޔަވަޅެއް އަޅަން ފިކުރުކުރިއެވެ.

***

ޒައިރާ ލޫކާއާއި އެލްފް ގޮވައިގެން މަގުމަތީގައި ހުރިއިރު ދާހާ މީހުން ޚާއްސަ ނަޒަރަކުން ބަލައިލައެވެ. އެތެރެއަށް ވަނީ އެލީނާ ގެއަށް އަންނާނެހާ އިރުކޮށްފައެވެ. ލޫކާގެ ފިލާވަޅުތައް ދަސްކުރުވާ ވާހަކައެއް ކިޔައިދިނެވެ. ގެއަށް ދާގަޑި ޖެހުމުން ކާނެ އެއްޗެއް ފެނޭތޯ ބަލާފައި ފްރިޖް ހުޅުވާލިއިރު ނަޒަރުގައި އަޅައިގަތީ ކުލަކުލައިގެ ރީތި ކުދި ފޮށިތަކެވެ. ނަގާފައި ބޭރުގައިވާ ނަފުޒުތައް ކިޔާލުމާއެކު ލޯ ދިއްލުނެވެ. ލަޑޫރޭ މެކަރޮން އެވެ. ޕެރިހުގައި އުފައްދާ އެންމެ މަޝްހޫރު މެކަރޮން ނުކެވިގެން އޭނަ އުޅޭތާ ކޮން ޒަމާނެއްހެއްޔެވެ؟ ފޮށި ހުޅުވައިލިއިރު ލައިލެކް އޮރެންޖް ގުރާފެހި ޗޮކްލެޓް ނޫ އަދި ވިދާ ގަދަ ފިޔާތޮށިކުލައިގެ މެކަރޮންތަކެވެ. ޒައިރާ ކުޅުދިޔާވިއެވެ. އަވަހަށް އެކަތި ނަގާ ތަންގަނޑެއް ކަޑައިގަތެވެ. އަނގައިގެ ތެރެއަށް ވިރުމުން ލިބުނު ރާހަތާއިއެކު ލޯ މަރައިލެވުނެވެ. ބަލާކަށް ނުހުރެ އަވަހަށް އެ ފޮށި އެއްކޮށް ހުސްކޮށްލާފައި އެވަރުންވެސް ހިތްފުރޭވަރެއްނުވިއެވެ.

"މާމައާއި ލިލީއަށް ނުދީ ކާކަށް ނުވާނެ.." ޒައިރާ ހަތަރު ޕެކެޓް ނަގާފައި ބޭރު ބަލައިލިއިރު ތިރީސްއަށް ޑޮލަރު ޖަހާފައި އޮތްތަން ފެނި ދެލޯބޮޑުވިއެވެ. އެންމެ ހަ ބިސްކޯދު ތިރީސް އަށް ޑޮލަރަށް ވިއްޔާ ހަސަތޭކަ ވަރަކަށް ރުފިޔާއެވެ. ބިސްކޯދެއްގެ އަގު ސަތޭކަ ރުފިޔާއެވެ. މުއްސަދިންނަށް ބޮޑު އަގަކަށް ނުވިޔަސް އޭނަ އަނގަ ހޭވިފައި އިރުކޮޅެއްވާންދެން ހުރެފައި އެފޮށިތައް ދަބަހަށް ލިއެވެ.

މާމައާއި ކެމީލާއަށް މެކަރޮން މީރުވެގެން އެގެނައީ ކޮންތާކުންތޯ އެހިއެވެ.

"ލިލީޕެލެސްއިން ލިބުނު ހަދިޔާއެއް..."

"އަލްހަމްދުލިﷲ. ވަރަށް މީރު. އެކަމަކު މި ކޭއިރުވެސް ހިތަށް އެރި ހާދަ ގިނަކުދިންތައް ކާ އެއްޗެހި ނުލިބިފައިވެސް ތިބޭނެއޭ." ކެމީލާ އެންމެފަހު ވައިލެޓްކުލައިގެ ކެމަރޮން އަނގަޔަށް ލިއެވެ.

"އެހެންވެޔޭ ދޮންތި ބުނަނީ ސޯފިއާމެންގެ ދަރިއަކަށް ވެއްޖެއްޔާ ކޮންމެ ފަހަރަކު ސުފުރާ މައްޗަށް އަރުވާނީ މިހާ އަގުބޮޑު ކާއެއްޗެއްސާއި ބުއިންތައް. ލިލީއަށް ފްރޮސްޓީވެސް މީރެއްނު. އައިސްކްރީމާއި ޗޮކްލެޓްވެސް ހިތް ފުރެންދެން ކާލެވޭނެ. ޕްރިންސެސް އެއްފަދައިން ގެންގުޅޭނީ....." ޒައިރާ ކެމީލާ ގާތަށް އަރާ ދެފައި ވަށްކޮށްލައިގެން އިށީނެވެ.

"މުއްސަދިވީމަ ދުނިޔޭގެ އުފާތަކަށް ޣާފިލުވާނީ. ފަގީރުވީމަ އޯލްމައިޓީއާއި މާ ކްލޯޒްވެވޭނެ. އެގޮތަށް ފީލްވޭ.. "

"ދެދުނިޔޭގެ އުފަލާއި ނަސީބު ލިބިއްޖެ މީހަކީ އެންމެ ބާއްޖަވެރިމީހާ. އެހެންވީމަ ލިބޭ ނިއުމަތަށް ޝުކުރުކުރަންވާނެ ލިލީ. ލިލީއަކީ ނަސީބުރަގަޅު ކުއްޖެއްހެން ހީވޭ. އެގެއަށް ގޮސް ފޫހިވެއްޖެއްޔާ ކަމް ބެކް....." ޒައިރާ ޚިޔާލީ ފޮލާ ކައްކާ އަޑު އަހަން އިނދެ ކެމީލާ އަށްވެސް ހެވިއްޖެއެވެ. ދެރަވެ މޮޅިވެރިވެ ނުހޭން ހުއްޓަސް ޒައިރާގެ ވާހަކައިން ބައެއްފަހަރު ހިނި ނާންނަ ވަރެއްނޫނެވެ. ޒައިރާގެ ރީތި ހުވަފެންތަކުގައި ކުލަ ޖެއްސުމުގެ އެހީތެރިއަކަށްވާން ކެމީލާ ނިންމީ އަމިއްލަ އުފާތައް ގުރުބާންކޮށްފައެވެ. ކިތަންމެ މުއްސަންޖަސް އާއިލާ ނޫން ބަޔެއްވީމަ އެތަނަށް ދިޔުމަކީ އޭނަގެ ހިތަށް ދަތިކުރުވާ ހާލަތެކެވެ. ހިތް ރުޔަސް އޭނަ ހުރީ އެކަން ފޮރުވައިގެންނެވެ. އުފާވެރިކަން ދައްކައިގެންނެވެ. ގިނަގިނައިން ދުޢާކުރިއެވެ. އޭނަ އެންމެ ކަންބޮޑުވަނީ ދުޝްމަނެއްގެ ގޮތުގައި ދެކުނު ޖުއާންގެ ކޮއްކޮއެއްގެ ގޮތުގައި އުޅެން ޖެހޭތީއެވެ. ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ހިތުގައި ޚާއްސަ ގަދަރަކާއި މަގާމެއްދެވުނެވެ. ހަމްދަރުދީއާއި ކުލުނު އުފެދުނެވެ. ކޮންމެވެސް ތާކުން ދެކުނު ދެނެފަރިތަ ޝަޚުސަކަަށް ޖުއާން ވިއެވެ. މިހާރުވެސް ނަމާދުކުރާ ކޮންމެ ފަހަރަކު ޖުއާންއަށް ރަހުމަތްލައްވާ ހިދާޔަތް ދެއްކެވުމަށް އެދި ދުޢާކުރެވެއެވެ. ޖުއާންއަށް އުފާވެރިކަން ލިބުމަށާއި އުމުރު ދިގުކުރެއްވުމަށް އެދެވެއެވެ. އެންމެފަހުން ޖުއާންއާއެކު އެގެއަށް ދެވުމުން ޖުއާންއަށް ދީން އޮޅުންފިލުވަދީ ރަގަޅު ކުއްޖަކަށް ހަދަން އޭނަ މަސައްކަތްކުރާނެއެވެ.

***

ސޯފިއާ ގޭގެ މަތީބައިގާ ވި އެންމެ ތަނަވަސް އެއްކޮޓަރީގެ ފަރުނިޗަރުތައް އާކުރުވާ ދޮރުގެ ފަރުދާތަކާއި ބެޑްޝީޓްތައް އަދި ކުޝަންތައްވެސް ބަދަލުކުރުވީ ފުރާވަރުގެ އަންހެންކުއްޖަކު އެންމެ ގަޔާވާފަދަ ގޮތަށެވެ. މަޑު ރަގްތައް ކެހެރިގަނޑެއްފަދައެވެ. ކްލޯޒެޓްވެސް އެކި ވައްތަރުގެ ހެދުންތަކުން ފުރާލަފައެވެ. ގަހަނާ ކްލޯޒެޓެއް ފަހުން ތައްޔާރުކުރަން އޭނަ ޚިޔާލުކުރިއެވެ. އެކަމަކު ކެމީލާއަށްޓަކާ އެތައް ވައްތަރުގެ ގަހަނާތައްވެސް ގެނެސް ރީިވާ މޭޒުގެ ވަތްގަނޑުތައް ފަޅުފިލުވައިލިއެވެ. ޚާދިމާއިން މަސައްކަތްކޮށް ނިމުނުއިރު މާބްލްތަކާއި ފަރުނީޗަރުތައްވެސް އޮފް އަރައެވެ. އާތިކާ ދޮރުމަތީ ހުއްޓިފައި ފާޑަކަށް ހީލައިފިއެވެ.

"ސޯފީ. ތިކުރަނީ މޮޔަކަމެއް..."

"ބައެއްފަހަރު ދިރިއުޅުމުގައި ހެދޭ މިސްޓޭކްތަކުން މީހުންނަށް އިބުރަތެއް ލިބިދޭ. އަހަންނަށް ފީލްވަނީ މިއީ ތަފާތު ބަދަލެއްކަމަށް......................"

"ޝައުން މީހަކާއި އިނީމަ ސޯފީއަށް އެހެރީ އަންހެންދަރިއަކު ލިބިފައި. އިތުރަށް ކޮންކަމެއްތޯ ސާބިތުކުރައްވަން ތިއުޅުއްވަނީ؟ އެލީނާއާއި ވިޝާކަހަލަ މާތްކުއްޖަކު އެޑޮޕްޓްކުރިނަމަ އުފަލުން އެކަމާ އެއްބަސްވާނަން. އެކަމަކު. އެންމެ ކުޑަވެގެން އެހާ ދީންވެރިނަމަ ބުރުގާވެސް އަޅާނެ ދޯ. ތެދަށް ބުނަންޏާ ލޭކެންގެ ފަހަތު އަޅުވަފާނެތީ ބިރުގަނޭ. އައި ވޯންޓް ލެޓް ހާ ކަމް ނިއާ ހިމް. ފުރަންވީކަން ނޭގޭ. ނޫނީ އެ ކުއްޖާގެ ފަރާތުން ކުރިމަތިވެދާނެ ބިރުވެރިކަމެއް އެނގެނީއެއްނޫން. ބިރުވެރި ކުއްޖެއް................" އާތިކާ ހުރީ ފޫހިވެފައެވެ.

"އެހާ އިނޮސެންޓް ރީތި ކަމެއް ދުވަހަކު ނުދެކެން...." ސޯފިއާ ތައުރީފުކުރިއެވެ.

"އިނަސެންޓް؟ ގޯޑް ސޯފީ. ސޯފީއަށް ނުފެނޭތަ އެ ޗީކީ ސްމައިލް؟ ބަލާލާފައި ހީވަނީ މީހަކަށް ލަނޑެއް ދޭންވެގެން ހެވިފައި ހުންނަހެން. ޕްރިޓީ އެކަމަކު އެއްވެސް ޑިސިޕްލިންއެއް ނެތް އަނގަގަދަ ކުއްޖެއް. އެންމެ ރަގަޅު. ވޯނިން ނުދެއޭ ސޯފީވެސް ނުބުނައްޗޭ."

ސޯފިއާ ހުރީ އާތިކާގެ ވާހަކަ ގަބޫލު ކުރަން ތައްޔާރަކަށް ނޫނެވެ.

***

ސޯފިއާ އަންނަންވާއިރަށް ކެމީލާ ފެހިއަދި މަޑު އޮރެންޖްކުލަ އެކުލެވޭ ކަކުލާއި ހަމަޔަށް އޮތް ހެދުމަކާއިއެކު ކަޅުކުލައިގެ ޖިންސެއްލައިގެން ތައްޔާރުވެލިއެވެ. ޒައިރާ ކުޑަކޮށް މޭކަޕްކޮށްލަދިނެވެ. ކެމީލާ ފުރަތަމަ ފަހަރަށް ސްކާފް އެޅީ ބިސްމި ކިޔާފައެވެ. ކަޅު ބުރުގާއާއި ނިކަން ގުޅެއެވެ. ޒައިރާ ބުނީ ކެމީލާ ބުރުގާ އެޅިޔަސް ނޭޅިޔަސް އެންމެ ލޯބި އެންމެ ބަސްއަހާ ކުއްޖާކަމުގައެވެ. ކެމީލާ އޭނަގެ މާމައާއި ދޮންތިގެ ގައިގާ ބައްދާލާފައި ސަލާމްކުރިއެވެ. ކޮންމެ ދުވަހަކު ގެއަށް އަންނާނެ ކަމުގައި ވައުދުވިއެވެ.

"ލިލީ އަށް އެފެމިލީ ކަމުނުދަންޏާ ހަމަ އެނބުރި އަންނަންވީ. ވީ އާ ޑުއިން ދިސް ފޯ ޔޯ ފިއުޗާ ޑާލިން..." ޒައިރާ ހީލިއެވެ.

"އެނގެޔޭ ދޮންތީ. އެންމެ އުފާވަނީ ދޮންތިމެން އުޅެން ރީތި އެޕާޓްމެންޓެއް އެމީހުން ދިނީމަ. ކިހާ ޖެނެރަސް ފަސްޓްލޭޑީއެއް............." ކެމީލާއަށް އެއީ ޒައިރާ ޝަތުރުކޮށްގެން ލިބުނު އެޕާޓްމެންޓެއްކަމެއް ނޭގުނެވެ.

"ހޫމް ލިލީ ބަލާ އޭނަ ވަޑައިގަންނަވާނީ ތަޅުދަނޑި ހިފައިގެން ކަން ނޭގޭ...." ޒައިރާ ދެލޯ ހަނިކޮށްލަމުން ވިސްނުމެއްގެ ތެރޭ ހުރެފައި ކިޔައިލިއެވެ.

"ޒައިރާ. މާމަ އެހެން ތަނަކަށް ބަދަލުވާކަށް ދެން ބޭނުމެއްނޫން. މާމަ މިތަނުގައި ބަހައްޓާފައި ތިކުދިން ދޭ...." ސާލިހާގެ ވާހަކަތަކުން ޒައިރާ އެކަނި މާމަގެ ގައިގާ ބައްދައިލީއެވެ. މާމަމެންގެ އުމުރުގެ މީހުން ދިރިއުޅުމަށް ބަދަލުތަކެއް ގެންނާކަށް ނޭދޭނެއެވެ. ނަމަވެސް ބަދަލުތަކާއި އެކު އުޅުނީމަ ފަހުން އޭގެ އުފާވެރިކަން މާމައަށްވެސް ލިބޭނެކަން ޔަގީނެވެ.

ހަގީގަތުގައި ޒައިރާއަށް މިވަރުގެ އުފަލެއް އަދި ހަޔާތުގައި ލިބިފައެއް ނެތެވެ. އެންމެ މުއްސަދި ޝާހީ އާއިލާގެ ލޮލުގައި ކެމީލާ އަޅައިގަތުމަކީ އެ މީހުންގެ ދިރިއުޅުމަށް އައި އިންގިލާބެކެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއޭ ބުނެއުޅޭ ނޫންހެއްޔެވެ؟ މައިންބަފައިން ވަކިވެ ނިކަމެތި ޔަތީމުންގެ ގޮތުގައި އުޅުނު ކުދިންކޮޅަށް މާތްﷲ ރަހުމަތުގެ ބެއްލެވުމަކަށް ބައްލަވާ ވޮޑިގެން ރަހުމަތެއް ލެއްވީ ކަމަށްވެސް ވެދާނެއޭ ޒައިރާގެ ހިތް ބުންޏެވެ. އެހެންނޫންނަމަ ކުއްލިއަކަށް މިފަދަ ނަސީބެއް ލައްވާނެ ގޮތެއް އޭނަގެ ވިސްނުމަކަށް ނައެވެ.

***

ޖައިޝް އެނދުގައި އޮށޯވެލައިގެން އޮވެ ލެޕުން އެއްޗެއް ބަލަމުން ދިޔައެވެ. އޭނަގެ ނަޒަރު ހުއްޓިފައިވާ ސީސީޓީވީ ފުޓޭޖްއިން ރީތިކޮށް އެ މަންޒަރު އެބަފެނެއެވެ.

"ކިޔާން އާއި އެލީނާ..ޝައުންގެ ބެސްޓީގެ ގޮތުގައި ހުރެ ކުރާ ކަންތައްތައް ބަލާބަލަ..........."

ނުނިމޭ

comment ކޮމެންޓް