ސިޑި ގޮޅީގައި އިން ސައިކަލްގައި ސްޓިކާ ޖެހި ސަބަބު ފުލުހުން ސާފުކޮށްދީފި

ހުޅުމާލެ ފްލެޓެއްގެ ތިރީގައި އިން ސައިކަލެއްގައި ފުލުހުން ސްޓީކަރ ޖަހާފައި ---

މީހުން ދިރިއުޅޭ ގެއެއްގެ ސިޑި ކައިރީގައި އިން ސައިކަލެއްގައި ފުލުހުން ސްޓިކާރ ޖަހާ ވީޑިއޯ އެއް ވައިރަލްވެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ސްޓިކާ ޖަހަން ޖެހުނު ސަބަބު ސާފުކޮށްދީފި އެވެ.

ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުން ގެ އަކަށް ވަންނަ އިންނަ ސިޑި ކައިރީގައި އިން ސައިކަލެއްގައި ޓްރެފިކް ދެ ފުލުހުން އައިސް ސްޓިކާ ޖެހުމަށް ފަހު އެތަނުނުން ދެ އެވެ.

އެ ސައިކަލްގައި ސްޓިކާ ޖެހިގެން ނުވާނެ ކަމަށް ގިނަ ބަޔަކު ބުނެ ފުލުހުންނަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ސައިކަލަކީ ހުޅުމާލެ ސޯޝަލް ހައުސިން ފްލެޓެއްގެ ސިޑި ކައިރީ، އެތަަނަށް އަރާ ފައިބާ މީހުނަށް ދަތިވާ ގޮތަށް ބަހައްޓާފައި ހުރި އުޅަނދެއް ކަމަށާއި އެތަނަކީ ވަކި އެޕާޓްމެންޓް އަކަށް ނިސްބަތް ނުވާ ގޮތަށް މުޅި އިމާރާތުގެ އެންމެން ބޭނުން ކުރުމަށް އޮންނަ ތަނެއް ކަމަށެވެ.

މީގެ ތިން މަސް ދުވަސް ކުރިން އެޗްޑީސީ އިން އޮންނަނީ އެތަނުގައި ވެހިކަލް ޕާކް ކުރުން މަނާކޮށްފައިކަން ފާހަގަކޮށް ފުލުހުން ބުނީ، ހުރިހާ ފްލެޓެއްގައި އުޅޭ މީހުނަށް ވެސް އެތަނުގައި ޕާކް ނުކުރުމަށް އަންގާފައިވާނެ ކަމަށެވެ. އަދި މިހާރު ފިޔަވަޅު އަޅަން ފަށާފައިވަނީ ވެސް އެކަން ހުރިހާ ފަރާތްތަކަށް އެންގުމަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

"އެއީ ފްލެޓަށް ވަންނަން އޮންނަ ވޯކް ވޭ ވީމަ އެތަނުގެ ތިރި ފްލެޓް ބޭނުން ކުރާ މީހުން ޕާކް ކޮށް އެއްޗެތި ބެހެއްޓީމަ މަތީ ފްލެޓް ތަކަށް އަރާ ފޭބުމަށް ދަތިވާތީ މަނާކުރެވިފައި އޮންނަނީ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

comment ކޮމެންޓް