ސްޕޮންސަރަށް ފިލައިގެން ގޮސް އެހެން ސައިޓުތަކުގައި މަސައްކަތްކޮށް އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީއަކު ހޯދަން ފޮޓޯ އާންމުކޮށްފިއެވެ.
ފުލުހުން މިއަދު ފޮޓޯ އާންމުކޮށްފައި ވަނީ އެމް.ޑީ ފޮއިސަލް ސަރުކާރު، ބަންގްލަދޭޝް (ޕާސްޕޯޓު ނަންބަރު: EA0056441) އެވެ.
ފުލުހުން ބުނީ އޭނާ ހޯދަމުން އަންނަނީ އޭނާއަކީ ސްޕޮންސަރަށް ފިލައިގެން ގޮސް އެހެން ސައިޓުތަކުގައި މަސައްކަތްކޮށް އިމިގްރޭޝަން ގާނޫނާ ހިލާފަށް އުޅޭ މީހެއްކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ވީމާ، އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް އެދޭ ކަމަށް ފުލުހުން ބުންޏެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.