ދިއްދޫ އަތިރިމަތީގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ހއ. ދިއްދޫ

ހއ. ދިއްދޫގެ އަތިރިމަތީގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ދިއްދޫގެ ދެކުނު ފަރާތު އަތިރިމަތީ ރާޅު ޖަހާ ހިސާބުގައި ހަރަކާތެއް ނެތި ހަބަރު ހުސްވެފައިވާ މީހަކު އޮތް ކަމުގެ މައުލޫމާތު މިއަދު 1756 އެހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަތިރިމަތީގައި ހަރަކާތެއް ނެތިގެން އޮއްވާ ފެނިފައިވަނީ 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުުންޏެވެ.

ފުލުހުން ބުނީ އެ މީހާ ފުލުހުންގެ އެހީތެރިކަމާއެކު އެމްބިއުލަންސްގައި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެމީހާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ އެހެން ކަންތައްތައް ބަލަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއަދު މަރުވެފައި އޮއްވައި ފެނިފައިވަނީ ދިއްދޫގެ ވިޔަފާރިވެރިޔެކެވެ.

comment ކޮމެންޓް