ލަވަކިޔުންތެރިޔާ މެޑޯނާގެ ހަޔާތުގެ މައްޗަށް ފިލްމެއް

ސުޕަސްޓާ މެޑޯނާ---

މަޝްހޫރު ލަވަކިޔުންތެރިޔާ މެޑޯނާ،62،ގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ނިންމައިފި އެވެ.

އެ ފިލްމުގައި ފެނިގެންދާނީ އޭނާގެ ހަޔާތުގައި ދިމާވި ކަންތައްތަކާއި އޭނާގެ ކެރިއަރުގެ ކަންތައްތަކެވެ. މެޑޯނާ އަމިއްލަ އަށް ލިޔެ، ޕްރޮޑިއުސްކުރާ އެ ފިލްމު ހަދާކަން އިއުލާންކުރީ މި މަހު 10 ވަނަ ދުވަހު އޭނާ ކުރި އިންސްޓަގްރާމް ލައިވްއެއްގަ އެވެ. އެ ފިލްމުގެ ސްކްރިޕްޓް މެޑޯނާ ލިޔާއިރު އޭނާއަށް އެހީތެރިވާނީ އޮކްސާ އެވޯޑު ހާސިލްކުރި ލިޔުންތެރިޔާ ޑިއާބްލޯ ކޯޑީއެވެ.

މެޑޯނާ ބުނީ މި ފިލްމުގައި ބޮޑަށް އިސްކަންދޭނީ އޭނާގެ މިއުޒިކީ ކެރިއަރު ފެށިގެން އައި ގޮތާއި މިއުޒިކީ ކެރިއަރުގެ ކަންތައްތައް ދެއްކުމަށް ކަމަށެވެ. ފިލްމުގެ ނަން އަދި ހާމަކޮށްފައިނުވާއިރު ފިލްމުން ފެނިގެންދާނީ މެޑޯނާ މިޗިގަންގައި ދިރިއުޅުނު ގޮތާއި ނިއުޔޯކުގެ ދިރިއުޅުމާއި "ވޯގް" ފަދަ ލަވަތަކުން މަޝްހޫރުކަން ހޯދި ގޮތްތަކެވެ. މި ފިލްމު ޑައިރެކްޓްކުރާނީ ވެސް މެޑޯނާ އެވެ.

comment ކޮމެންޓް