އަރަބި ރަހަތައް ކަމުދާ މީހުންނަށް ލަޒީޒް ރެސްޓޯރެންޓު

ދިވެހިންނަކީ ތަފާތު ކެއުމަށް ލޯބިކުރާ ބަޔެކެވެ. އެކި ގައުމުތަކުގެ ކެއުންތައް ރަހަބަލައި ތަޖުރިބާ ކުރުމަށް ބޭރު ކަރަކަރައަށް ދަތުރު ކުރެ އެވެ. ޔޫރަޕާއި އޭޝިއާ އަދި އަރަބި، މެދުއިރުމަތީގެ ކެއުންތަކުގެ ތަޖުރިބާކޮށް އެ ރަހަތަކުގެ ޖާދޫގައި ދިވެހިން ޖެހިއްޖެ އެވެ.

ކެއިން ބުއިމުގެ އާދަތަކަށް އައި ބަދަލާ އެކު ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އެކި ގައުމުތަކުގެ ރަހަތައް ދިވެހި ގައުމަށް ވެސް އައިސްފި އެވެ. ސީދާ އޭގެ އަސްލު ރަހަ ނުލިބުނަސް، އެ ނަމުގައި ކެއުމެއް ކައިލެވޭ ހިތްހަމަ ޖެހުންވިޔަސް ލިބިދެ އެވެ.

އެކަމަކު މިފަހަރު މިއޮތީ އަސްލު ހަގީގީ ހިތްހަމަޖެހުމެއްގެ ވާހަކަ އެވެ. މެދުއިރުމަތީގެ ރަހަތައް މެދުއިރުމަތީގެެ ބަދިގެއަކުން ދިވެހިންނާ ހަމައަށް ގެނެސްދޭ ރެސްޓޯރެންޓެއް ހުޅުމާލޭގައި ވަނީ ހުޅުވައިފަ އެވެ.

"ލަޒީޒް ގޯމޭ"ގެ ނަމުގައި ހުޅުމާލެ ހިތިގަސްމަގު އެއް ނަންބަރު ގޯޅީގައި ހުޅުވި ރެސްޓޯރެންޓަކީ މެދުއިރުމަތީގެ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެކެވެ. ފަލަސްތީނަށް ނިސްބަތްވާ އެކަމަކު މިހާރު ރާއްޖޭގައި ދިރިއުޅޭތާ އެތައް އަހަރެއް ވެފައިވާ ރާގިބް ހަލަފް އާއި އޭނާގެ އާއިލާ އިން ބޭނުންވީ ދިވެހިންނާ ހަމައަށް މެދުއިރުމަތީގެ ކާއެއްޗެހި، އޮރިޖިނަލް ރަހައާ އެކު ގެނެސްދިނުމަށެވެ.

އެ ރެސްޓޯރެންޓުގެ ހެޑް ޝެފެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ސީދާ ފަލަސްތީނުން ވަނީ ކައްކާއެއް ގެނެސްފަ އެވެ. ކާއެއްޗެހި ތައްޔާރުކުރުމަށް ބޭނުންވާ މެއިން އިންގްރިޑިއަންޓްސް ގެންނަނީ މެދުއިރުމަތީގެ ގައުމުތަކުންނެވެ. ކޮންމެހެން ޑިޝްއަކަށް ބޭނުންވާ މުހިއްމު އިންގްރިޑިއަންޓެއް ނުލިބިއްޖެ ނަމަ އިންގްރިޑިއަންޓު ސަބްސްޓިޓިއުޓް ކޮށްގެން ކަސްޓަމަރުންނަށް ދިނުމުގެ ބަދަލުގައި، އިންގްރިޑިއަންޓު ލިބެންދެން އެ އެއްޗެއް މެނޫ އިން ސަސްޕެންޑު ކުރާނެ ކަމަށް ލަޒީޒް އިން ބުންޏެވެ. ބޭނުމަކީ ކަސްޓަމަރުންނަށް "އޮތެންޓިކް މިޑްލް އީސްޓާން ފުޑް"ގެ ރަހަ، އެއްވެސް ވަރަކަށް ކޮލެޓީ ކޮމްޕްރޮމައިޒް ނުކޮށް ގެނެސްދިނުމެވެ.

"ރާއްޖެއިން މިޑްލްސް އީސްޓާން ފުޑްގެ ގޮތުގައި ކާ އެއްޗެހި ލިބެން ހުރޭ. އެކަމަކު އެއީ އަސްލު މިޑްލް އީސްޓާން ފުޑް އެއް ނޫން. އެކަމަކު މިތަނުން ލިބެން މިހުންނަ އެއްޗެއްސަކީ އޮތެންޓިކް މިޑްލް އީސްޓާން ރަހަތައް،" ލަޒީޒްގެ ވެރިޔާ ރާގިބް ވިދާޅުވި އެވެ.

މެނޫގައި ހިމެނޭ އެޕަޓައިޒާސް، މެއިންސް، ބާބަކިޔު، ގްރިލް އަދި ޑްރިންކްސް އާއި ޑެޒާޓް ސެކްޝަންވެސް ހާއްސަ ކޮށްފައި ވަނީ މެދުއިރުމަތީގެ ކެއުންތަކަށެވެ.

"މިތަނުން ފްރައިޑް ރައިސް އާ ފްރައިޑް ނޫޑްލްސް އެއް އޮފާ އެއް ނުކުރާނެ،" ރާގިބް ވިދާޅުވި އެވެ.

މެދުއިރުމަތީގެ ކެއުންތަކުގެ ގޮތުގައި މަގުބޫލު ފަލަފެލް، ހަންމުސް، ޝަވަރުމާ، މުހަމަރާ، ކުސްކުސް އަދި މަގްބޫލުވާ ފަދަ ކެއުންތައް ލަޒީޒް އިން ލިބޭނެ އެވެ. އަރަބިކް ކޮފީ ކަމުދާ މީހުންނަށް އަސްލު އެރަހަ މިތަނުންް ލިބޭނެ އެވެ.

"އަރަބިންގެ ކަލްޗާ އަށް ބަލާއިރު މަހަކީ ކެއުމުގެ މުހިންމު ބަޔެއް. ބަތަކީ މެދުއިރުމަތީގެ ކެއުމުގައި މާބޮޑަށް ބޭނުން ކުރާ އެއްޗެއް ނޫން. ލަޒީޒް އިން ލިބޭނެ ލޭމްބް، ކުކުޅު، ޕްރޯންސް އަދި މަހުގެ ކެއުންތައް. އަރަބިކް، މިޑްލްސް އީސްޓާން ރަހަތަކާ އެކު،" ރާގިބް ވިދާޅުވި އެވެ.

ފަލަސްތީނުގެ ހާއްސަ ކޭކާއި، ސޫޕު ވެސް މި ރެސްޓޯރެންޓުން އޮފާކުރެ އެވެ. ޑެޒާޓް ސެކްޝަނުގައި ހިމެނޭ އަރަބިއަން، މިޑްލް އީސްޓަން ޑެޒާޓްސް އަކީ ސީދާ އެ ގައުމުތަކުން އެތެރެކުރާ ތަކެއްޗެެވެ.

ލަޒީޒްގެ އަގުތައް ހެޔޮވެފައި، ރަހަމީރެވެ.

ލަޒީޒްގެ މެނޫ އަރަބި އެކުންތަކަށް ހާއްސައިރު، ރެސްޓޯރެންޓު ޑިޒައިން ކޮށްފައި ވަނީ ވެސް އަރަބިލް ފީލްއެއް ގެނެސްދޭނެ ގޮތަކަށެވެ. އިންޓީރިއާގައި ބޭނުންކޮށްފައިވާ ޗާންދަލިޔާތަކަކީ ވެސް ފަލަސްތީނުގެ އުފެއްދުމެވެ.

އާއިލާތަކަށާއި ރައްޓެހިން އަދި ކަޕްލްސް އަށްވެސް ހާއްސަ މި ރެސްޓޯރެންޓުން ޑައިން އިން އާއި ޓޭކް އަވޭގެ ހިދުމަތް މިހާރު ލިބޭނެ އެވެ. ރެސްޓޯރެންޓު ހުޅުވުމާ ގުޅުވައިގެން ހާއްސަ އޮފާ އެއްގެ ގޮތުން 10 ޕަސެންޓުގެ ޑިސްކައުންޓު މި މަސް ނިމެންދެން ލިބޭނެ އެވެ.

"ބޭނުން ވަނީ ކަސްޓަމަރުންނަށްް މިޑްލްސް އީސްޓާން ރަހަރަކުގެ ތަޖުރިބާ ރާއްޖޭގައި ތިބެގެން ކުރެވޭނެ ފުރުސަތު ދޭން. ރަހަތައް ކޮމްޕްރޮމައިޒެއް ނުކުރާނަން. ފުރަތަމަ ދުވަހުވެސް އެ ހުންނަ އަސްލު ރަހަ އަބަދު ވެސް ދަމަހައްޓަން މަސައްކަތް ކުރާނަން." ލަޒީޒް އިިން ކަސްޓަމަރުންނަށް ދޭ ޔަގީން ކަމަކީމި އެވެ.

ރިޒަވޭޝަންސް ހެދުމަށާއި ޓޭކްއަވޭ އޯޑަރު ދިނުމަށް: 7782460

comment ކޮމެންޓް