އަމީތާބުގެ އަޑު އެމެޒޯން އެލެކްސާއަށް ވިއްކާލައިފި

ބޮލީވުޑްގެ މެގަސްޓާ އަމީތާބް ބައްޗަން

އެމެޒޯން އެލެކްސާގެ ޑިޖިޓަލް އެސިސްޓަންޓް މެދުވެރިކޮށް ބޮލީވުޑްގެ ތަރިއެއްގެ އަޑު އިވޭ އެންމެ ފުރަތަމަ ތަރިއަށް ބޮލީވުޑްގެ ސުޕަސްޓާ އަމީތާބް ބައްޗަން 77، ވެއްޖެ އެވެ.

ހަބަރުތައް ބުނާގޮތުގައި އެމެޒޯން އެލެކްސާގެ ޑިޖިޓަލް އެސިސްޓަންޓް މެދުވެރިކޮށް އަމީތާބުގެ އަޑު އަންނަ އަހަރުތެރޭގައި އިވިގެންދާނެ އެވެ.

އެމެޒޯން އިންޑިއާ އިން އެކަން އިއުލާންކުރުމަށް ކުރި ޕޯސްޓެއްގައި ބުނީ އަމީތާބުގެ "ވޮއިސް އެކްސްޕީރިއަންސް" ފީޗާ އަންނަ އަހަރު އެލެކްސް އިން ގަނެވޭނެ ކަމަށެވެ. އެ ފީޗާގައި ހިމެނޭނީ މޫސުން، ޕޮއެޓްރީ، މޯޓިވޭޝަނަލަލް ބަސްކޮޅު، ނަސޭހަތް އަދި ޖޯޖު ފަދަ ގިނަ އެއްޗެއްސެވެ. އެ ހުރިހާ އެއްޗެއް ވެސް އިވިގެންދާނީ އަމީތާބުގެ އަޑުންނެވެ.

އަމީތާބަށް އެ ފުރުސަތު ލިބުމުން އެ މަސައްކަތް ކުރަން އޭނާ ވަރަށް ބޮޑަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެ ފުރުސަތު ލިބުމުން އޭނާ ވަރަށް އުފާވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ބޮލީވުޑްގެ ފުރަތަމަ ތަރިއެއްގެ އަޑު އެލެކްސާގެ ޑިޖިޓަލް އެސިސްޓަންޓް މެދުވެރިކޮށް އިވިގެންދާއިރު މަޝްހޫރު ތަރިއެއްގެ އަޑެއްގެ ގޮތުގައި އެންމެ ފުރަތަމަ އެލެކްސާ އިން ބޭނުން ކުރީ އެކްޓަރު/ޕްރޮޑިއުސަރު ސަމުލް އެލް ޖެކްސަންގެ އަޑެވެ.

comment ކޮމެންޓް