އިންޑިއާގެ ހޮސްޕިޓަލްތަކަށް އޮކްސިޖަންގެ ދަތިކަން ކުރިމަތިވެއްޖެ

އިންޑިއާގެ ހޮސްޕިޓަލެއްގައި މީހަކު--

ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާ އިންޑިއާގެ ހޮސްޕިޓަލްތަކަށް ބޭނުންވާ އޮކްސިޖަން އެކަށީގެންވާ ވަރަށް ނުލިބުމުގެ މައްސަލަ ކުރިމަތިވެއްޖެ އެވެ.

އެގޮތުން އެކި ސްޓޭޓްތަކުން އޮކްސިޖަން މަދުވުމުން އެހެން ސްޓޭޓްތަކަށް އޮކްސިޖަން ސަޕްލައިކުރުން ދަނީ ހުއްޓުވަމުންނެވެ.

އެގޮތުން މަހާރަޝްތާގެ ސްޓޭޓުން ވަނީ އެ ސްޓޭޓުން އޮކްސިޖަން އެހެން ސްޓޭޓްތަކަށް ފޮނުވުން ހުއްޓުވައިފަ އެވެ. އެކަމާ ގުޅިގެން ކަރުނާޓަކާ އަދި މަދިޔާ ޕްރަދޭޝްގައި އޮކްސިޖަން ލިބޭލެއް ވަނީ މަދުވެފަ އެވެ. އަދި މަދިޔާ ޕްރަދޭޝްގެ ދެވާސް ޑިސްޓްރިކްޓުގައި އޮކްސިޖަން ނެތިގެން ވަނީ ހަތަރު މީހުން މަރުވެސްވެފަ އެވެ.

އިންޑިއާގެ ޕަންޖާބުންވެސް ވަނީ އެެހެން ސްޓޭޓްތަކަށް އޮކްސިޖަން ސަޕްލައިކުުރުން ހުއްޓުވައިފަ އެވެ. އެ ސްޓޭޓުން މިހާރުވެސް ދަނީ ހަރިޔާނާ ހިމާޝަލް ފަދަ ތަންތަނުން އޮކްސިޖަން ހޯދަމުންނެވެ.

އިންޑިއާގެ ދިއްލީގައި ކޮވިޑްގެ ކޭސްތައް އިތުުރުވުމާ ގުޅިގެން އާގަރާ ފަދަ ހިސާބުތަކަށް އޮކްސިޖަން ސަޕްލައިކުރުން ވަނީ މަޑުޖެހިފަ އެވެ.

އިންޑިއާގެ 4.9 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ބަލީގައި މިހާތަނަށް ވަނީ 80،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. -- އިންޑިއާޓުޑޭ

comment ކޮމެންޓް