ކާލީ ޕީލީގެ އާ ލަވަ ބަލައިފިންތަ؟

ފިލްމުގެ ޕޯސްޓަރެއް--

ބޮލީވުޑްގެ ކާމިޔާބު ބަތަލު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ކައްތުރާ އާއި އަނަންޔާ ޕާންޑޭ އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ކާލީ ޕީލީ"ގެ އާލަވައެއް ދައްކާލައިފި އެވެ.

"ތޭހާސް ނޭހާސް"ގައި ފެނިގެެންދަނީ އިޝާން އާއި އަނަންޔާގެ ނެށުމުގެ ފަރި ހަރަކާތްތަކެކެވެ. ވިޝާލް ޝޭކަރު ކޮމްޕޯސްކޮށް ޝޭކަރު އަދި ޕްރަކްރިތީ ކާކަރުގެ ހިތްގައިމު އަޑުން އިވިގެންދިޔަ އެ ލަވައަށް އާންމުންގެ ތަރުޙީބު އަންނަނީ ލިބެމުންނެވެ.

ކާލީ ޕީލީ ދައްކާނީ އަންނަ މަހު ދޭއް ގަ އެވެ. ރޮމޭންޓިކް އެކްޝަން ޖޯންރާއަށް ގެނެސްދޭ މި ފިލްމު ރިލީޒްކުރާނީ ޑިޖިޓަލް ޕްލެޓްފޯމް ޒީ ޕްލެކްސްގަ އެވެ.

ފިލްމުގެ ޓީޒާ މިހާރު ދައްކާލާފައިވާ އިރު ޓީޒާއިން ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެނިގެންދާއިރު ވައްކަން ކޮށްގެން ދެ ޒުވާނުން ފިލަން ކުރާ މަސައްކަތްތައް ވެސް ޓީޒާއިން ފެނިގެންދިޔަ އެވެ. އަލީ އައްބާސް ޒަފަރު ޕްރޮޑިއުސްކުރާ ޒީ ސްޓޫޑިއޯ އާ އޮފްސައިޑް އެންޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

comment ކޮމެންޓް