ރާއްޖެއަށް ސޭފް ޓޫރިޒަމް ސްޓޭމްޕް ލިބިއްޖެ

ފަތުރުވެރިންތަކެއް ވީއައިއޭގައި -- ސަން ފޮޓޯ: ފަޔާޒު މޫސާ

ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިޔުޓީޓީސީ) އިން ދޭ ސޭފް ޓޫރިޒަމް ސްޓޭމްޕް ރާއްޖެ އަށް ލިބިއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބުނީ ރާއްޖެއިން ކޮވިޑް19ގެ ހާލަތުގައި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ޑަބްލިއުޓީޓީސީ އިން ބަލައިގެންފައިވާ ކަމަށާއި އެ ޖަމްއިއްޔާ އިން ދޭ ސޭފް ޓޫރިޒަމް ސްޓޭމްޕް ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

ކެޕްޝަން..

މި ސްޓޭމްޕް ރާއްޖެއަށް ލިބިފައިވަނީ އެ ޖަމްއިއްޔާ އިން ގަބޫލުކުރާ ބައިނަލްއަގުވާމީ ސޭފް ޓޫރިޒަމް ޕްރޮޓޮކޯލްތައް ރާއްޖެއިން ފުރިހަަމަ ކޮށްފައިވާތީ އެވެ. މިއީ ޓޫރިސްޓުންނަށް ރާއްޖޭގެ ރައްކާތެރިކަން އިހުސާސް ކޮށްދޭނެ ކަމެކެވެ. އަދި ޓޫރިޒަމް އަލުން ފަށައިގެން ކުރިއަށްދާއިރު ރާއްޖެ އިޝްތިހާރު ކުރަން ލިބުނު ފުރުސަތެކެވެ.

މި ސްޓޭމްޕް ހޯދުމުގެ މަގްސަދަކީ ޓޫރިސްޓުންގެ ކޮންފިޑެންސް ހޯދައި، އިންޑަސްޓްރީ އިން މި ހާލަތުގައި އަޅާފައިވާ ސޭފްޓީ އަދި ހައިޖީނިކް ފިޔަވަޅުތަކަކީ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ފިޔަވަޅުތަކެއްކަން ޔަގީންކޮށްދިނުމެވެ.

މިއީ މި ހާލަތުގައި ބައިނަލްއަގުވާމީ ޖަމްއިއްޔާ އަކުންދޭ ހަމައެކަނި ރިކޮގްނިޝަންއެވެ.

މި ސްޓެމްޕް ޔޫއެންޑަބްލިޔުޓީއޯ އިން ވެސް ބަލައިގެންފައިވާއިރު، ދުނިޔޭގެ ގިނަ ޑެސްޓިނޭޝަންތަކުން ދަނީ ސްޓޭމްޕް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ޑަބްލިއުޓީޓީސީ އިން ދޭ ސްޓޭމްޕަކީ ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނަކީ ކޮވިޑް19ގެ މި ހާލަތުގައި ސިއްހީ ރައްކާތެރިކަމާއި ސާފުތާހިރުކަމުގެ ގޮތުން ފުރިހަމަވަންޖެހޭ މިންގަނޑުތައް ފުރިހަމަވެފައިވާ ޓޫރިސްޓު އެސްޓެބްލިޝްމެންޓުތައް ހުރިނަމަ ވަކި ކަންތައްތަކަކަށް ބަލާފައި ދޭ ސްޓޭމްޕެކެވެ.

comment ކޮމެންޓް