ޓީވީ އެކްޓަރު ގޯރަވް އަށް ދަރިއަކު ލިބިއްޖެ

ގޯރަވް އާއި އޭނާގެ އަނބިމީހާ--

މަގްބޫލު ޓީވީ އެކްޓަރު ގޯރަވް ޗޯޕްރާ، 41، އަށް ދަރިއަކު ލިބިއްޖެ އެވެ.

ގޯރަވް އާއި އޭނާގެ އަނބިމީހާ ހިތިޝާ ޗެރެންޑާ އަށް ލިބުނީ ފިރިހެން ކުއްޖެކެވެ. އެކްޓަރު ގޯރަވް އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ އެ އާއިލާ މިހާރު ފުރިހަމަވެއްޖެ ކަމަށާއި އެ ދަރިފުޅަކީ އޭނާގެ ހިއްވަރު ކަމަށެވެ. އޭނާ ބުނީ ދަރިފުޅާއި އަނބިމީހާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ގޯރަވް އަށް ދަރިއަކު ލިބުމާ އެކު އޭނާގެ ފޭނުން އަންނަނީ އޭނާއަށް މަރުހަބާކިޔަމުންނެވެ. އަދި ގާތް ރަހުމަތްތެރިން ވެސް ވަނީ އޭނާއަށް މަރުހަބާ ކިޔުމަށްފަހު ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

ގޯރަވް އަށް ދަރިއަކު ލިބުނު އިރު އޭނާގެ މަންމަ ވަނީ މިދިޔަ މަހު 15ގައި ކޮރޯނާ ވައިރަސް އަށް ފަރުވާކުރަމުން ދަނިކޮށް މަރުވެފަ އެވެ. އޭރު އޭނާ މަންމައަށް ހުރީ ކެންސަރުޖެހިފަ އެވެ. އޭނާގެ ބައްޕަ ވެސް މިދިޔަ މަހު 29 ވަނަ ދުވަހު ވަނީ ކޮރޯނާއަށް ފަރުވާދެމުން ދަނިކޮށް މަރުވެފަ އެވެ.

comment ކޮމެންޓް