ވަރުން އާއި ޝްރައްދާގެ ޖޯޑު އަނެއްކާ ވެސް ސްކްރީނަށް

ބަތަލާ ޝްރައްދާ އާއި އެކްޓަރު ވަރުން---

އާންމުންގެ މެދުގައި މަގްބޫލު އޮން ސްކްރީން ޖޯޑު ޝްރައްދާ ކަޕޫރު އަދި ވަރުން ދަވަން އަނެއްކާ ވެސް އެކުގައި ސްކްރީނުން ފެންނަން އުޅޭކަމަށް ރިޕޯޓްތައް ބުނެފި އެވެ.

"ބޭޅިޔާ"ގެ ނަންދީފައިވާ މި ފިލްމަކީ "ސްޓްރީ"ގެ ޑައިރެކްޓަރު އަމަރް ކޯޝިކް ގެނެސްދޭ ފިލްމެކެވެ. ދިނޭޝް ވިޖަން ޕްރޮޑިއުސްކުރާ މި ފިލްމަށް ވަރުން އާއި ޝްރައްދާ ހަމަޖައްސައިފި ނަމަ މި ފިލްމުވެގެންދާނީ ދެތަރިން އެކުގައި ސްކްރީނުން ފެނިގެންދާ ތިން ވަނަ ފިލްމަށެވެ. ޕިންކްވިލާއިން ބުނާގޮތުގައި ޑައިރެކްޓަރު އަމަރް ބޭނުން ވަނީ މި ފިލްމުން ޝްރައްދާ ފެންނަން ކަމަށެވެ. ފިލްމު ރަސްމީކޮށް އިއުލާންކޮށްފައި ނުވި ނަމަވެސް ފިލްމުގެ ތަރިން ހަމަޖެއްސުމަށް ފަހު ފިލްމު އިއުލާންކުރާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ކުޑައިރުން ފެށިގެން ވެސް ގާތް އެކުވެރިން ކަމަށްވާ ޝްރައްދާ އާއި ވަރުން އެކުގައި އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ "އޭބީސީޑީ 2" އެވެ. އެއަށް ފަހު ދެތަރިން ވަނީ ސްޓްރީޓް ޑާންސާގައި ވެސް އެކުގައި މަސައްކަތްކޮށްފަ އެވެ.

comment ކޮމެންޓް