ސްޓާ ޕްލަސް އަށް އާ ސީރީޒެއް

ޑްރާމާގެ ޕޯސްޓަރެއް---

އާންމުންގެ މެދުގައި މަގްބޫލު ޗެނަލް ސްޓާޕްލަސް އިން އާ ޑްރާމާއެއް ގެންނަން ތައްޔާރުވަމުން އެބަދެ އެވެ.

"އަމް ހޭ ކިސީ ކީ ޕިޔާރު މޭ" ގެ ނަމުން ނަންދީފައިވާ ހިންދީ ޑްރާމާ ސިލްސިލާގެ ޕްރޮމޯއެއް ވެސް މިހާރު ސްޓާޕްލަސް އިން އަންނަނީ ދައްކަމުންނެވެ. މި ޕްރޮމޯއާއެކު ސްޓާޕްލަސް އިން އަލަށް ފަށާ ސާތު ނިބާނާ ސާތިޔާ"ގެ ދެވަނަ ސީޒަންގެ ޕްރޮމޯވެސް އަންނަނީ ދައްކަމުންނެވެ.

ދާދިފަހުން ސްޓާޕްލަސް އިން ވަނީ އާ ޑްރާމާއެއް ފަށާފަ އެވެ. ސްޓާޕްލަސް އިން ކުރިއަށް ދައްކަން އާ ތިން ޑްރާމާ މިހާރު އެބައޮތެވެ. އެ ތިން ޑްރާމާގެ ޕްރޮމޯ މިހާރު އަންނަނީ ދައްކަމުންނެވެ.

ނީލް ބަޓް، އަޔޭޝާ ސިންގްގެ އަދި އައިޝްވާރިއާ ޝަރުމާ ލީޑު ރޯލުން ފެނިގެންދާ "ޣަމް ހޭ ކިސީ ކީ ޕިޔާރު މޭ" އަކީ ލޯބީގެ އަސަރުގަދަ ވާހަކައަކަށް ބިނާކޮށް ގެނެސްދޭ ޑްރާމާއެކެވެ. މި ޑްރާމާ ދައްކަން ފަށާނެ ތާރީހެއް އިއުލާންކޮށްފައި ނުވި ނަމަވެސް ބައެއް ހަބަރުތައް ބުނާގޮތުގައި މި ޑްރާމާ ދައްކާނީ އަންނަ މަހު އެވެ.

comment ކޮމެންޓް