އެކްޓަރު ސަންޖޭ ގަގްނާނީ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޓީވީ އެކްޓަރު ސަންޖޭ--

މަޝްހޫރު ޓީވީ އެކްޓަރު ސަންޖޭ ގަގްނާގީ 31، ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އިންޑިއަން އެކްޕްރެސްއަށް ސަންޖޭ ދިން އިންޓަވިއުއެއްގައި ބުނީ ކޮވިޑްގެ އަލާމާތްތައް ފެނުމުން ޓެސްޓްކުރި ކަމަށާއި އަދި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި މިހާރު ސިއްހީ މާހިރުންގެ އިރުޝާދާއެކު ހޯމް ކަރަންޓީނުގައި މިވަގުތު ހުރި ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ. ސަންޖޭ ބުނީ ކުރިއަށް ވުރެ މިހާރު ބަލި ރަނގަޅު ކަމަށާއި އޭނާއަށް އެހީތެރިވެދޭން ބޭބެ އާއި ފަހަރި ހުރި ކަމަށެވެ.

މިދިޔަ ހަފްތާގައި ސަންޖޭ ހިއްސާކުރި ޕޯސްޓެއްގައި ބުނީ އޭނާ ބަލިވެ އުޅޭ ކަމަށެވެ. ހުންއައިސް އުޅޭތީ ޓެސްޓުކުރިއިރު ޓެސްޓް ޕޮޒިޓިވްވީ ހޮނިހިރު ދުވަހު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެކްޓަރު ބުނީ މަލްޓިވިޓަމިންސް އާއި ގިނަ އަދަދެއްގެ މޭވާ މިދުވަސްކޮޅު ކާ ކަމަށެވެ.

ސަންޖޭ ވަނީ އޭނާއަށް ހެޔޮ އެދޭ ހުރިހާ ފޭނުންނަށް ޝުކުރު އަދާކޮށްފަ އެވެ.

comment ކޮމެންޓް