ޕަތާން އިން ފެނިގެންދާނީ ޖޯން އާއި ޝާހްރުކްޚާން

ޖޯން އާއި ޝާހްރުކްޚާން--

ޝާހްރުކްޚާން ލީޑު ރޯލުން ފެނިގެންދާ "ޕަތާން" އަށް އެކްޓަރު ޖޯން އަބްރަހަމް ހަމަޖައްސިފި އެވެ.

ދާދިފަހުން މީޑިއާތަކުގައި ވަނީ ދީޕިކާ ޕަދުކޯން އާއި ޝާހްރުކްގެ ޖޯޑު އަނެއްކާ ވެސް ސްކްރީނަށް އަންނަ އުޅޭކަމުގެ ވާހަކަ ދައްކައިފަ އެވެ. ޕަތާން އަކީ އެ ފިލްމު ކަމަށް ވެސް ބައެއް ޚަބަރުތައް ބުނެ އެވެ. ޝާހް، ދީޕިކާ އަދި ޖޯން ލީޑު ރޯލުން ފެނިގެންދާ މި ފިލްމަށް ޖޯން ހަމަޖައްސައިފައިވާކަން މިހާރު ކަށަވަރުވެފައިވާ އިރު މި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ ޖަނަވަރީގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ އެ ފިލްމު ރަސްމީކޮށް އިއުލާންނުކުރި ނަމަވެސް މި ފިލްމު ރަސްމީކޮށް އިއުލާންކުރާނީ ޔަޝްރާޖް ކުންފުނީގެ ވެރިޔާ ޔަޝް ޗޯޕްރާގެ އުފަންދުވަސް ފާހަގަކުރާ ދުވަހު އެވެ. އެއީ މި މަހު 27 އެވެ.

އިނގިރޭސިވިލާތުގައި ވެސް މި ފިލްމުގެ މަންޒަރުތަކެއް ނަގަން ނިންމާފައިވާއިރު ޕަތާން ޑައިރެކްޓްކުރާނީ ސިދާތު އާނަންދު އެވެ. އެކްޝަން ތްރިލާ ޖޯންރާއަށް ގެނެސްދޭ މި ފިލްމުގެ ޝޫޓިންތަކާއި ޖޯޏް ގުޅޭނީ އަންނަ މާޗު މަހު އެވެ. އެއީ އޭނާ ފަށާފައިވާ "ސަތިޔަމޭވް ޖަޔަތޭ 2"ގެ ޝޫޓިން ނިންމާލުމަށްފަހު އެވެ. ފިލްމުގައި ޖޯން ކުޅޭނީ ނުބައި މީހެއްގެ ރޯލެވެ.

"ޕަތާން" ވެގެންދާނީ ޝާހްރުކާ އެކު ޖޯން މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ. މި ފިލްމަށް ދީޕިކާ އިތުރުވެއްޖެ ނަމަ ޕަތާންވެގެން ދާނީ ވަރަށް ވަރުގަދަ ފިލްމަކަށެވެ.

comment ކޮމެންޓް