ބިޔަރު ދަޅުތަކަކާއެކު މާލެއިން ހަތް މީހަކު ހައްޔަރުކޮށްފި

--- ފޮޓޯ ފުލުހުން

ބިޔަރު ދަޅުތަކަކާއެކު މާލެއިން ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި މާފަންނު ގެޔެއް ބަލާ ފާސްކޮށް ހަތް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާފަންނު ގެއެެއް ބަލާ ފާސްކުރިއިރު 240 ބިޔަރު ދަޅާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ދެ ބިޑި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ މީހެއްގެ އިތުރުން 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއްގެ އިތުރުން 25 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއް އަދި 27 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެކެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް