އުކުޅުހުގައި ކަރަންޓީނުގައި ހުރިި މީހަކު މަރުވެއްޖެ

އއ. އުކުޅަސް: ފޮޓޯ/ ފޭސްބުކް

އއ. އުކުޅަހުގައި ކަރަންޓީންގައި ހުރި މީހަކު ރޭ މަރުވެއްޖެ އެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް މިއަދު ސަން އަށް ވިދާޅުވީ މާލެ އައިސް ހިތުގެ ފަރުވާއެއް ހޯދުމަށް ފަހު ރަށަށް ދިޔަތާ ދެ ދުވަސްތެރޭގައި މަރުވީ 66 އަހަރުގެ އަންހެނެއް ކަމަށެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އެ މަރަކީ ކޮވިޑާ ގުޅުން ހުރި މަރެއް ކަމަށް ނުބެލެވޭ ކަމަށާއި އޭނާ މާލެ އިން ރަށަށް ދިޔައީ ވެސް ކޮވިޑް ޓެސްޓްކޮށް ނެގެޓިވްވެގެން ކަމަށެވެ. އަދި އޭނާ އަކީ ވަރަށް ގިނަ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ކަމަށާއި މާލެ އައީ ވެސް ހިތުގެ ސާޖަރީއެއް ކުރުމަށް ކަމަށެވެ. އަދި އޭނާ މަރުވީ ކުއްލިއަކަށް ކަމަށެވެ.

އެ މަރާ ގުޅޭ ގޮތުން އެޗުޕީއަކުން އަދި ވަކި އެއްޗެއް ނުބެނެ އެވެ. ނަމަވެސް މަރުވާ ކޮންމެ މީހަކު ވެސް ވަޅުލަނީ ކޮވިޑަށް ޓެސްޓް ކުރުމަށް ފަހު އެވެ.

comment ކޮމެންޓް