"ބަންޓީ އޯރު ބަބްލީ 2"ގެ ޝޫޓިން ނިންމާލައިފި

ބަންޓީ އޯރް ބަބްލީ 2 ގެ ޕޯސްޓަރެއް---

ދެހާސް ފަސް ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބަންޓީ އޯރް ބަބްލީ"ގެ ސީކުއަލް ގެ ޝޫޓިން ކާމިޔާބުކަމާއެކީ ނިންމާލައިފި އެވެ.

ބަންޓީ އޯރް ބަބްލީ 2ގެ ޝޫޓިން ނިންމާލުމަށް ފަހު ޔަޝްރާޖް ފިލްމްސްއިން ކުރި ޓުވީޓެއްގައި ބުނީ ކާމިޔާބުކަމާ ރައްކާތެރިކަމާ އެކު ފިލްމުގެ މަންޒަރުތައް ނަގައި ނިންމާލެވިއްޖެ ކަމަށެވެ. ފިލްމުގެ ދެ ވަނަ ބައިގެ ލީޑު ރޯޅުން ފެނިގެންދާނީ ސިދާންތު ޗަތުރްވެދީ އާއި ބޮލީވުޑަށް އަލަށް ތައާރަފްވާ ތަރި ޝަރްވަރީ އެވެ. އަދި ރާނީ މުކަރްޖީ އާއި ސައިފް އަލީ ޚާން އެވެ.

ވައިއާރްއެފުން މި ފިލްމުގެ މަންޒަރުތައް ނަގައި ނިންމީ ވަރަށް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ. އެގޮތުން ފިލްމުގެ ޝޫޓިންކުރިއަށް ގެންދިޔުމުގެ ކުރިން ތަރިންނާއި ކްރޫ ޓީމުން ވަނީ 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީންވެފަ އެވެ. މި ފިލްމު ކުރިން ރިލީޒްކުރަން ނިންމީ މިދިޔަ ޖޫން މަހު އެވެ. ނަމަވެސް ކޮވިޑް އާ ގުޅިގެން ފިލްމު ރިލީޒްކުރެވޭ ގޮތް ނުވީ އެވެ.

މި ފިލްމުގެ ފުރަތަމަ ބައިގެ ލީޑު ރޯލުން ފެނިގެންދިޔައީ އަބީޝޭކް ބައްޗަން އާއި ރާނީ މުކަރްޖީ އެވެ. އަދިތުޔާ ޗޯޕްރާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ރާނީ އާއި ސައިފް ސްކްރީނުން އެކުގައި ފެނިގެންދާ 11 ވަނަ ފިލްމަށެވެ. ދެތަރިން އެކުގައި އެންމެ ފަހުން ކުޅުނު ފިލްމަކީ "ހަމް ތުމް" އާއި "ތާރާ ރަމް ޕަމް" އެވެ.

comment ކޮމެންޓް