ރޮހިންގާ މީހުން މެރިކަމަށް މިޔަންމާގެ ސިފައިން އެއްބަސްވާ ވީޑިއޯއެއް ފެންމަތިވެއްޖެ

ރޮހިންގާ މީހުން މެރިކަމަށް މިޔަންމާގެ ސިފައިން އެއްބަސްވާ ވީޑިއޯގެ ސްކްރީން ޝޮޓެއް--

ރޮހިންގާ މީހުން މެރިކަމަށް މިޔަންމާގެ ސިފައިން އެއްބަސްވާ ވީޑިއޯއެއް ފެންމަތިވެއްޖެ އެވެ.

މީގެ ތިން އަހަރު ކުރިން މިޔަންމާގެ ސިފައިން ރޮހިންގާ މީހުން ދިރިއުޅޭ ރާކީން ސްޓޭޓްގައި ބޮޑު ގަތުލް އާންމެއް ހިންގި އެވެ. އެ ގަތުލް އާންމުން ސަލާމަތްވާންވެގެން ރޮހިންގާ މުސްލިމުންގެ އެތައް ލައްކަ ބަޔަކު މިހާރު ވަނީ އެގައުމުގެ ދޫކޮށް ބަންގްލަދޭޝް އަދި އެހެނިހެން ގައުމުތަކަށް ހިޖުރަކޮށްފަ އެވެ.

ރޮހިންގާ މީހުން މެރިކަމަށް މިޔަންމާގެ ސިފައިން އެއްބަސްވާ ވީޑިއޯ ރެކޯޑްކޮށްފައި ވަނީ މިޔަންމާ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ އެގައުމުގެ ހަނގުރާމަވެރި ގްރޫޕް އަަރަކަން އާމީއިން މިދިޔަ ޖުލައި މަހު އެވެ.

އެ ވީޑިއޯތަކުގައި މިޔަންމާ ސިފައިންގެ ތެރޭގައި ހިމެނޭ ޕްރައިވެޓް މިޔޯ ވިން ޓުން އަދި ޕްރައިވެޓް ޒޯ ނައިންގް ވާހަކަދައްކާތައް ފެނެ އެވެ. މިޔަންމާގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ ފޯޓިފައި ރައިޓްސް އިން ބުނީ އެ ވީޑިއޯ އެނައިލްކުރި ކަމަށާއި އެ ވީޑިއޯގައި ބުނަނީ ހަގީގީ ވާހަކަތަކެއް ކަމަށެވެ.

"އަހަރުމެން ޓައުންގް ސަރަހައްދުގައި ހުރި މުސްލިމުންގެ ވިލެޖުތައް ސުންނާފަތި ކޮށްލިން. އަހަރުމެން ރޭގަނޑު ހިންގި އޮޕަރޭޝަންގައި އިރުޝާދު ދީފައި އޮތީ ފެންނަ ކޮންމެ ބަޔަކަށް ބަޑި ޖަހަން. އަހަރުމެން ހުންނާނެ އެއް ވަޅުގަނޑެއްގައި 30 މީހުން ވެސް ވަޅުލާފައި،" ޕްރައިވެޓް މިޔޯ އެ ވީޑިއޯގައި ބުނާއަޑު އިވެ އެވެ.

އެ ވީޑިއޯ އިން ފެންނީ ސިފައިން މިހާރު ދަހޭގްގައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓާ ހަވާލުކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ސީއެންއެންއިން ބުންޏެވެ.

މިޔަންމާގައި ހިންގީ ގަތުލް އާންމެއް ކަމަށް މިޔަންމާގެ ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ. އަދި އެގައުމުން ވަރުގަދަ އޮޕަރޭޝަނެއް ހިންގީ ޓެރެރިސްޓުންނާ ދެކޮޅަށް ކަމަށް ވެސް މިޔަންމާގެ ސަރުކާރުން ދަނީ ބުނަމުންނެވެ.

އދ.ގެ ފެކްޓް ފައިންޑިން މިޝަންއިން ބުނާގޮތުގައި މިޔަންމާގައި ހިންގި ގަތުލް އާންމުގައި 6700 އެއްހާ ރޮހިންގާ މީހުން ވަނީ މަރާލައިފަ އެވެ.-- ސީއެންއެން

comment ކޮމެންޓް