ކޮރަޕްޝަންގެ މައްސަލަތަކަކާއި ގުޅިގެން އައްސޭރި ޖަލުގެ ޑިރެކްޓަރު ސަސްޕެންޑްކޮށްފި

ސްޕެންޑް ކުރި ޝާހީން --

ކޮރަޕްޝަންގެ މައްސަލަތަކެއްގެ ތުހުމަތުގައި އައްސޭރި ޖަލުގެ ޑިރެކްޓާ އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި ސްޕްރިޑެންޓް އޮފް ޕްރިޒަން މުހައްމަދު ޝާހީން އަލީ ސަސްޕެންޑްކޮށްފި އެވެ.

އޭނާ މަގާމުގެ މަސްއޫލިއްޔަތު ތަކުން ވަގުތީގޮތުން ދުރުކޮށްފައިވާކަން ކަރެކްޝަންސް އިން "ސަން"އަށް ކަަށަވަރުކޮށްދެއެވެ.

އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑްކޮށްފައިވާ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކުގެ ތަހުގީގު ފަށާފައިވާތީއެވެ. އެކަން ތަހުގީގު ކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އޭނާއަށް ތުހުމަތު ވަނީ، ޕީއައިއެސްޕީ ޕްރޮޖެކްޓްގެ ދަށުން އައްސޭރި ޖަލުގެ ވަށާ ފާރާއި ރިހެބިލިޓޭޝަން އިންފްރާކްޗާ ޕްރޮޖެކްޓްގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ކޮށްގެންނެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން ދާތިވެ، އިތުރު ތަފްސީލެއް ކަރެކްޝަންސް އިން ނުދެއެވެ.

comment ކޮމެންޓް